އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

މި ޝަރަފު ރައީސަށް ނާރުވަން އެދި އެ ޔުނިވާސިޓީން ތައުލީމް ހާސިލްކޮށްގެން ތިއްބެވި ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބައެއް ފަރާތްތަކުން ވަނީ މެލޭޝިއާގެ ބޮޑު ވަޒީރާއި އެ ޔުނިވާސިޓީގައި އެދިފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) ގެ އޮނަރަރީ ޑޮކްޓަރޭޓެއް ޝަރަފު އަރުވަނީ -- ޕީއެސްއެމް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.

އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސަށް އަރުވާފައި ވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ އެވެ.

މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި އެ މަނިކުފާނު ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ.

މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގައި 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 380 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ދަސްވެނިވެފައިވެ އެވެ. މީގެތެރޭގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ ބައެއް މޫނުތައްވެސް ހިމެނެ އެވެ. 

މި ޝަރަފު ރައީސަށް ނާރުވަން އެދި އެ ޔުނިވާސިޓީން ތައުލީމް ހާސިލްކޮށްގެން ތިއްބެވި ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބައެއް ފަރާތްތަކުން ވަނީ މެލޭޝިއާގެ ބޮޑު ވަޒީރާއި އެ ޔުނިވާސިޓީގައި އެދިފަ އެވެ. ނަމަވެސް އެ ޔުނިވާސިޓީ އާއި މެލޭޝިއާ ސަރުކާރުން އެކަން ގަބޫލެއް ނުކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.