އޭޓީއެމްގައި ރާއްޖެ | ލަގްޒަރީ ދުބާއީގައި ގަދައީ ރާއްޖޭގެ އަޑު

މި އަހަރު ރާއްޖޭގެ 111 ކުންފުންޏެއްގެ 230 ބައިވެރިން ވަނީ މި ފެއާގައި ބައިވެރިވެފަ އެވެ. އަދި ގިނަ ހަރަކާތްތަކެއްވެސް ހިންގާފަ އެވެ.

ދުބާއީ އޭޓީއެމް ފެއާގައި ބައިވެރިވި ރާއްޖޭގެ ވަފުދު -- އެމްއެމްޕީއާރުސީ

ދުބާއީގައި ކުރިއަށްދާ މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އެރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ހުރި ދިވެހި ކުންފުންޏަކަށް ގުޅައިލުމުން ބުނީ މިއީ މިހާތަނަށް ބޭއްވި އެންމެ ރަނގަޅު އެއް އިވެންޓު ކަމަށެވެ. 

"ހުރިހާ ގޮތަކުން ވެސް ފެއާ ރަނގަޅު. އެންމެ ޕާފެކްޓެއް ނުވާނެ. އެކަމަކު ވިޔަފާރީގެ ގޮތުންވެސް މި ފެއާ ރަނގަޅު،" ޓޫރިޒަމަށް ހާއްސަ މަޖައްލާއެއްވެސް ހިންގާ ޓްރެވަލް ކުންފުންޏެއްގެ އިސްވެރިއަކު މިއަދު ބުންޏެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމް ފެއާގައި މި އަހަރު ޓޫރިޒަމް ސިނާއަތުގެ 111 ކުންފުންޏެއްގެ 230 މަންދޫބުން ދަނީ ބައިވެރިވަމުންނެވެ. މި ފެއާގައި ޓޫރިޒަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބުރާހިމް ބައިވެރިވަޑައިގަންނަވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާ ބައްދަލުކުރައްވާ، މެދު އިރުމަތީގެ މާރކެޓަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގައި ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޓީއެމް އޮތީ ޔޫއޭއީގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ. މި ފެއާގައި ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް އެއާލައިން ޕާޓްނަރަކީ ދިވެހިރާއްޖޭގެ ސިމްޑީއާ ގުޅިގެން ހިންގާ ބިއޮންޑް އެވެ. މިއީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން އެވެ. 

ފެއާގައި ޓޫރިޒަމް މިނިސްޓަރު ބައެއް ފަރާތްތަކާ ބައްދަލު ކުރަވަނީ

އޭޓީއެމް އަކީ މެދުއިރުމަތީގެ ބައިނަލްއަގްވާމީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މުހިއްމު ޕްލެޓްފޯމްއެކެވެ. މީގެ އިތުރުން، އިންބައުންޑް އަދި އައުޓްބައުންޑް ޕްރޮފެޝަނަލުންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކި ފަރާތްތަކަށް ދައްކާލާ، ދިގު މުއްދަތުގެ ޕާޓްނަޝިޕްތައް އުފެއްދުމަށް ބައިނަލްއަގްވާމީ ސްޓޭޖެއް ފޯރުކޮށްދޭ ފެއާއެކެވެ. ހަތަރު ދުވަހުގެ މި ފެއަރގައި ބައިވެރިންނަށް ނެޓްވޯކްކޮށް، ހިޔާލު ބަދަލުކޮށް، ޓްރެވަލް އިންޑަސްޓްރީއަށް ބަދަލު ގެނައުމަށް މަތީ ފަންތީގެ ތަޖުރިބާކާރުންނާއި އީޖާދީވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ.

މިއީ މައިސް ޓޫރިޒަމަށް ހާއްސަ ފެއާއެއް

ރާއްޖޭގެ ފެއާ ބޭރުން ފެންނަ ފޮޓޯއެއް

އެމްއެމްޕީއާރުސީ އިން އޭޓީއެމްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ މާކެޓުގެ ތެރޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެހީތެރިވެދޭނޭ ކަމެކެވެ. މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީމަތީ ފެންވަރުގެ މާރކެޓު ފުޅާކޮށް، ލަގްޒަރީ އަދި "މައިސް" ދާއިރާގެ ފަތުރުވެރިކަން ކުރިއެރުވުމެވެ. އަދި މި ފެއަރގެ ތެރޭގައި މެދުއިރުމަތީގެ ދަތުރުފަތުރުގެ ވިޔަފާރިއާ ގުޅިގެން ސަރަހައްދީ އަދި ދުނިޔޭގެ ޓްރެވަލް ޕާޓްނަރުންނާ އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތް ކުރުމަށް މަގުފަހިކުރުމުގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން އޭޓީއެމް އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށް ރާއްޖޭގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތަކާއި ތަޖުރިބާތައް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއް ފޯރުކޮށްދޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖެއަކީ ދިގު ދަތުރުތަކުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.

ރާއްޖޭން މި އަހަރު ގިނަ ހަރަކާތްތަކެއް

މި އަހަރުގެ އޭޓީއެމް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓްރެވަލް އިންޑަސްޓްރީގެ ލީޑަރުންނާއި ޕާޓްނަރުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ލިބެ އެވެ. އަދި މި ފެއާގެ ތެރެއިން އެމްއެމްޕީއާރުސީ އިން އިސް ނަގައިގެން ރާއްޖެއާ ގުޅޭ ހާއްސަ މީޑިއާ އިންޓަވިއުތައް ދަނީ ކުރިއަށެވެ. ރާއްޖޭގެ ޕާފޯމަންސްއަށް ހާއްސަކޮށްފައިވާ ސަރަހައްދުން ރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތް ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާ ކުރެވެ އެވެ. މިއާއެކު ގޭސްޓްރޮނޮމީ ކައުންޓަރުން ދިވެހި ރަހަތައް ބަލާލުމުގެ ފުރުސަތުތައް ވެސް ލިބެއެވެ. ދިވެހިންގެ ހުނަރު ދައްކުވައިދޭ ލައިވް އާޓް ޑެމޮންސްޓްރޭޝަންތަކާއި، އާޓް ޑިސްޕްލޭތައް މުޅި ސްޓޭންޑްގެ ތެރެއިން ފެނިގެންދެ އެވެ.

ރާއްޖެ ތަމްސީލުކުރާ ސްޓޯލުގެ އިތުރުން، ވިޒިޓް މޯލްޑިވްސްއިން ވެސް އެތަކެއް ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން މި ފެއާ ބާއްވާ ތަނުގެ ދޮރުމަތީގައި ރާއްޖޭގެ އިސްތިހާރު ހިމެނޭގޮތަށް ބްރޭންޑްކޮށްފައިވާ ޓެކްސީ ފެންނާނޭ އިންތިޒާމު ހަމަޖައްސައި މި މާކެޓުގައި ދިވެހިރާއްޖޭގެ އެކްސްޕޯޝާ ފުޅާކުރުމަށް މަސައްްކަތްކުރަމުންދެ އެވެ. އަދި މެދުއިރުމައްޗާއި ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، މީޑިއާގެ މަންދޫބުންނާއި، އިއްޒަތްތެރިންނާއި ސިނާއަތުގެ އެހެން ފަރާތްތައް އެއްތަނަކުން ފެނިގެންދިޔަ މޯލްޑިވިއަން އީވްނިންގް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.

މެދުއިރުމަތީ މާކެޓް - މެދުއިރުމަތީގެ މާކެޓަކީ ދިވެހިރާއްޖެއަށް މުހިއްމު މާކެޓެކެވެ. މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުއިރުމައްޗާއި، ޖީސީސީ ސަރަހައްދުން ޖުމްލަ 14،078 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެ އެވެ. މެދުއިރުމަތީގެ އެންމެ މަޤްބޫލު ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭ ގާއިމުކުރުމަށް އެމްއެމްޕީއާރުސީ އިން ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގަ އެވެ. އެގޮތުން، އެމްއެމްޕީއާރުސީ އިން ވަނީ މިދިޔަ މަހު އެމިރާޓީ ކޮންޓެންޓް ކްރިއޭޓަރު އަދި ޑިޖިޓަލް ސްޓޯރީ ޓެލާ ޚާލިދު އަލް އަމެރީއަށް އެކްސްކްލޫސިވް ފެމިލިއަރައިޒޭޝަން ދަތުރެއް ހޯސްޓްކޮށްފަ އެވެ. އަދި މި މާކެޓުގައި ރާއްޖެއަށް ޝައުގުވެރިކަން އިތުރަށް އުފެއްދުމަށްޓަކައި ޑިނާޓާއެކު ޖޮއިންޓް މާކެޓިން ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.