މަސްވެރިން ބޭންކިން ނިޒާމަށް | ކަންނެލި ޔޫނިއަންގެ މަރުހަބާ

ކަންނެލި ޔޫނިއަންއިން ބުނެފައިވާ ގޮތުގައި ބީއެމްއެލްއާއެކު ކުރި ސޮޔާއެކު އުއްމީދަކީ އެންމެހާ މަސްވެރިންނަށް ލާބަޔާއި މަންފާ ލިބޭނެގޮތަށް ތަންފީޒު ވެގެން ދިއުން ކަމަށެވެ.

ބޮޑު ކަންނެލި ޔޫނިއަންގެ ބައެއް އިސްވެރިން އިއްޔެ އޮތް ރަސްމިއްޔާތުގައި -- ޔޫނިއަން

މަސްވެރިންނަށް މާލީ ވަސީލަތް ލިބުން ފަހި ކުރުމުގެ ދައުލަތް ދަންނަ ބަޔަކަށް ހަދަން ބީއެމްއެލްއާއެކު ކުރި ސޮޔާއެކު ބޮޑު ކަންނެލި ޔޫނިއަންއިން މަރުހާ ކިޔައިިފި އެވެ. 

ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެލްއިން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކަންނެލި ޔޫނިއަންގެ އިސްވެރިން ބައިވެރިވެފައިވާއިރު، އެ ޔޫނިއަން އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ދައުލަތް ދަންނަބަޔަކަށް މަސްވެރިން ހެދުމަށްޓަކައި ބީއެމްއެލްއާއި ފިޝަރީޒް މިނިސްޓްރީއާއެކު އެމްއޯޔޫ އެއްގައި ސޮއި ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ އުއްމީދަކީ އެންމެހާ މަސްވެރިންނަށް ލާބަޔާއި މަންފާ ލިބޭނެގޮތަށް ތަންފީޒު ވެގެން ދިއުން ކަމަށެވެ. 

ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމުގެ ވުޒާރާއާ ދެމެދު ކުރި ސޮޔާއެކު މަސްވެރިންނަށް ދާއިމީ ވަޒީފާ އަދާކުރާ މީހުންނަށް ލޯނު ދޭގޮތަށް ލޯނު ލިބޭނެ ކަމަށް ބީއެމްއެއިން ވަނީ ބުނެފަ އެވެ. 

މަސްވެރިންގެ ދަފުރުގައި ތިބި މަސްވެރިންނަށް ބީއެމްއެލްއިން ފައިނޭންސް ލިބޭނެ އިންތިޒާމު ފަހިކޮށްދޭން ކުރި ސޮޔާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ޝަރީފު ވިދާޅުވީ މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމަކީ ގައުމީ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މަސްވެރިންނަށް ބޭންކުން ފައިނޭންސިން ދެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި، އެކަމަށްބޭނުންވާ މަސްވެރިންގެ މަޢުލޫމާތު ބޭންކާ ޙިއްސާކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށާ މިގޮތުން ބޭންކުގެ އެހެނިހެން ކަސްޓަމަރުންނާ އެއްގޮތަށް މަސްވެރިންނަށް ލޯނު ނުވަތަ ފައިނޭންސިން ދިނުމަށް މަގު ފަހިވެގެން ދާނެ އެވެ.

މި ކަމަށް ފަހި ވެގެން ދިޔަ މައިގަނޑު އަނެއް ސަބަބަކީ މަސްވެރިން ބާނާމަހަށް ގަވައިދުން ފައިސާ ދޫކުރެވެމުން ދިޔުމުން. މިގޮތުން ހަފްތާއަކު ކޮންމެ ދުވަހަކު ލިބުމެވެ. މިކަން ހަމަޖެހިގެން ގޮސްފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މިހާރު ހުކުރު ހޮނިހިރު ވެސް ހިމަނައިގެން މިދަނީ މަސްވެރިންކިރުވާ މަހަށް ފައިސާ ދޫކުރެ އެވެ. މިހާރު މަސްކިރުވާތާ ގިނަވެގެން 48 ގަޑިއިރުތެރޭ މަސްވެރިންނަށް މިދަނީ ފައިސާ ޖަމާކޮށްދެމުން ގެންދެ އެވެ.

ލިބޭނެ ބައެއް ފައިދާތައް

ބީއެމްއެލް އިން ބުނީ އެހެންކަމުން މިހާރު މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި ލިބޭ އާމްދަނީގެ މައުލޫމާތު ބޭންކުގައި ހުންނާނެ ކަމަށެވެ. މާނައަކީ އެކި ވަޒީފާ އަދާކުރަމުންދާ މީހުންނާ އެއްގޮތަށް މަސްވެރިންނަށް ބޭންކުން ދޫކުރާ ހުރިހާ ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އެވެ. އަދި ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނެތި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން އާއި ލުއިލޯން ލިބޭނެ އެވެ. މީގެ އިތުރުން ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ވެސް ފައިނޭންސް ލިބޭނެ އެވެ. އަދި ހަމަ މަސްވެރިންގެ ކުދިންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ވެސް ފައިނޭންސް ލިބޭނެ އެވެ. އަދި ކްރެޑިޓް ކާޑު ފަދަ ގިނަ ޚިދުމަތްތައް ލިބިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.