މާރިޗު މަސް | އަގުތައް ދަށް، އެންމެ ދަށްވީ ކަރަންޓު

އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.69 ޕަަސެންޓު ވެއްޓިފަ އެވެ.

ސްޓެލްކޯގެ އިންޖީނު ގެއެއްގައި މަސައްކަތް ކުރަނީ : މިދިޔަ މަހު އަގުތަކަށް އެންމެ ބޮޑު އަސަރެއް ކުރީ ކަރަންޓުގެ އަގުގެ ސަބަބުން

މިދިޔަ މާރިޗު މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުތަނުން ވެއްޓިފައިވާ ކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ސީއައިޕި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހަކީ މި އަހަރު އެންމެ ބޮޑަށް މުދަލާއި ހިދުމަތުގެ އަގުތައް ޑިފްލޭޝަނެއްގައި ހުރި މަހެވެ. 

އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.69 ޕަަސެންޓު ވެއްޓިފަ އެވެ. މި ވެއްޓުމުގެ މައިގަނޑު ސަބަބަކީ ރޯދަ މަހު ފެނާއި ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ޑިސްކައުންޓެވެ. މީގެ ސަބަބުން އަގުތައް ނެގި މުއްދަތުގައި ބޮޑުތަކުން ވަނީ ހިދުމަތުގެ އަގު ދަށްވެފަ އެވެ. 

އަގު ދަށަށް ދިޔަ ބައިތައް

  • ކަަރަންޓު ބިލް - -19.90%
  • މޮބައިލް ކޮމިއުނިކޭޝަން - -2.12%
  • ތަރުކާރީ - -0.80%
  • ހައުސް ހޯލްޑް އެހެން އައިޓަމްސްތައް - 0.95%
  • މޮޓޯ ސައިކަލް - -0.56%
  • ދުފަން ބޭނުންކުރާ ފޯއް - -1.57%

މިދިޔަ މާރިޗު މަހު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވާ ކަރަންޓުގެ އަގުތައް ހުރީ -19.90% ޕަސެންޓު ދަށުގަ އެވެ. އަދި ދެން އެންމެ ބޮޑަށް އަގުތައް ވެއްޓިފައިވަނީ މޮބައިލް ކޮމިއުނިކޭޝަންގެ ބައިންނެވެ. މި ބައިގެ އަގުތައް -2.12% ވެއްޓިފައިވެ އެވެ. މިއީ ރޯދަ މަހު އެންމެ ބޮޑަށް ޑިސްކައުންޓެއް ދިން ދެ ދާއިރާ އެވެ. 

މާރިޗު މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. މިބައިގެ އަގުތައް +6.05% އުފުލިފައިވެ އެވެ. އަދި މަހުގެ އަގުތައް +0.95% ޕަސެންޓަށް އުފުލުނުއިރު ފެނުގެ އަގުވެސް +0.69% ޕަސެންޓް މަތިވެފައިވާ ކަމަށް ދައްކަ އެވެ. 

އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު މާލޭގައި ތަކެތީގެ އަގުތައް ހުރީ 0.61 ޕަސެންޓު ދަށުގަ އެވެ. އަދި އަތޮޅު ތެރޭގައި މި ދަށްވުން 0.81 ޕަސެންޓުގައި ހުރިކަމަށް ދައްކަ އެވެ. 

ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.