މެލޭޝިއާ ބިޒްނަސް ފޯރަމް | ރާއްޖޭގައި އިންވެސްޓްކުރަން 50 މަޝްރޫއު

މި ފޯރަމް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ފޯރަމްގައި މެލޭޝިއާގެ ވިޔަފާރިވެރިން ބައިވެރިވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މެލޭޝިއާގެ އިންވެސްޓްމަންޓް މިނިސްޓަރާ ބައްދަލު ކުރައްވަނީ -- އިކޮނޮމިކް މިނިސްޓްރީ

މެލޭޝިއާގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރާއްޖޭގައި އިންވެސްޓް ކުރަން 50 މަޝްރޫއެއް އެ ގައުމުގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މައުލޫމާތު ދިން މަޝްރޫއުތަކުގެ ތެރޭގައި ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި ސިއްހީ ދާއިރާ އާއި މަތީތަޢުލީމުގެ ދާއިރާ ކުޅިވަރުގެ ދާއިރާ އަދި އެއާޕޯޓުތައް ތަރައްޤީކުރުން، ފަތުރުވެރިކަމުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާގެ އިތުރުން ހަކަތައިގެ ދާއިރާއާއި ކްރިއޭޓިވް އިކޮނޮމީ އަދި ބޭންކިން އެންޑް ފައިނޭންސިންގެ ދާއިރާއާއި، އައިސީޓީ ދާއިރާއެވެ.

އިންވެސްޓްމަންޓަށް ހުޅުވާލި ދާއިރާތައް

  •  ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު
  •  ގުޅިފަޅު ހިއްކުމާއި ހިމާޔަތްކުރުން
  •  އެސްއެމްއީ އަދި އެސްއޯއީ އޮފީސް ބިލްޑިން
  •  ދަރުބާރުގެ ކޮންވެންޝަން ސެންޓަރ ތަރައްޤީކުރުން
  •  މަލްޓިލެވެލް ޕާކިންގ ބިލްޑިންތައް އެޅުން
  •  މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ތަރައްޤީކުރުން
  •  ކުޑަހުވަދޫ، މާމިގިލި ޕޯޓު ތަރައްޤީކުރުން
  •  އުލިގަމު ޔޮޓުމެރީނާ ތަރައްޤީކުރުން
  •  ލާމު މެރިޓައިމް ހަބު ތަރައްޤީކުރުން

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ޗައިނާ އަދި ދުބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބާއްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.