އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ހިތްވަރުގަދަ ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ތައުރީފް

"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،" އަންވަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް. --ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ، "ހިތްވަރުގަދަ" ނިންމުމެއްގެ ގޮތުގައި، އެ ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތައުރީފް ކުރައްވައިފި އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމަށް މެލޭޝިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.

"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،" އަންވަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް. --ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ހައްގުގައި، ރާއްޖެ އާއި މެލޭޝިޔާއިން ގެންގުޅޭ ވިސްނުން އެއްގޮތެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޑރ. މުއިއްޒު ވަނީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވައިފަ އެވެ.

އަދި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރައީސް ގޮވާލެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.