މެލޭޝިޔާއާ ގުޅިގެން މަސައްކަތް ކުރަން މުހިންމު ދާއިރާތަކުން ފަސް އެއްބަސްވުމެއް

އެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު، ރައީސް ޑރ. މުއިއްޒާއި، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.

މެލޭޝިޔާ އާއެކު ގުޅިގެން މަސައްކަތް ކުރަން މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ރަސްމިއްޔާތު. --ފޮޓޯ: ޕީއެސްއެމް

ރާއްޖެ އާއި މެލޭޝިޔާ އާ ގުޅިގެން މަސައްކަތް ކުރުމަށް، ގިނަ ދާއިރާތަކުން ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. 

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުންތައް

  •  ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ
  •  ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހުމަދު
  •  ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރުދައުސް އަކްބަރު ހާން
  •  ޑިޕްލޮމެޓުން ތަމްރީނުކުރުމަށް - ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން
  •  ބައިލެޓްރަލް ކޮންސަލްޓޭޝަން - ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން

އެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ރައީސް ޑރ. މުއިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.

މި ބަޔާނުގައި ދެ ބޭފުޅުންވެސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.