ކޮމާޝަން ޕްރޮޕަޓީ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް 12 ޕަސެންޓުގެ ރޭޓެއްގައި ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެ އެވެ.
ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގް ބީއެމްއެލްއިން ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފައެވެ.
ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތް ގަރާޖު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ތައާރަފު ކުރި މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް 12 ޕަސެންޓުގެ ރޭޓެއްގައި ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކޮމާޝަލް ޕްރޮޕަރޓީ ފައިނޭންސިންގް ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ.
"މި ފައިނޭންސިންގް އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ." ޝަރީފު ވިދާޅުވި އެވެ.
މި އައު ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހަ އިން ލިބޭނެ ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ. މީގެ އިތުރުން، ބީއެމްއެލްއިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްޤީކުރުމުގެ ލޯނާއި ފައިނޭންސިންގ، އެސްއެމްއީ ފައިނޭންސިންގ، ޓްރޭޑް ފައިނޭންސް އަދި ވަރކިންގ ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެއެވެ.