ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 806,110 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 749,225 ޓޫރިސްޓުންނާ އަޅާބަލާއިރު 7.6 ޕަސެންޓުގެ އިތުރުވުމެކެވެ،
މި އަހަރު މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް 7.6 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާއިރު، ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 800،000 ފަހަނަ އަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 806,110 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 749,225 ޓޫރިސްޓުންނާ އަޅާބަލާއިރު 7.6 ޕަސެންޓުގެ އިތުރުވުމެކެވެ، އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 666,842 ޓޫރިސްޓުންނެވެ.
މި މަހުގެ 26 ދުވަހަށް ބަލާއިރު ޓޫރިޒަމް ހުރީ 19 ޕަސެންޓުގެ ކުރީގަ އެވެ. މިމަހު މިހާތަނަށް 173,692 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާއިން ޖުމްލަ 87,731 ޓޫރިސްޓުން އައިސްފައިވާއިރު އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 10 ޕަސެންޓް ހިއްސާއެއް ކުރެއެވެ. މީގެ އިތުރުން ޔޫކޭއިން މިހާތަނަށް 85,690 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނަަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ އިޓަލީއިން މިހާތަނަށް 74,437 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިންޑިއާ ހަ ވަނާގައި އޮތްއިރު އެ ގައުމުން 41,197 ޓޫރިސްޓުން އައިސްފައިވާ ކަމަށް ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ 70 ޕަސެންޓް ޖުމްލަ 566,206 މީހުން ގޮސްފައިވަނީ ރިސޯޓްތަކަށެވެ. އަދި ގެސްޓްހައުސްތަކުގައި ޖުމްލަ 195,066 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.