ޝުޖާއު އިސްތިއުފާ ދެއްވާފައިވާއިރު، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، ފިޔަވަޅު އެޅުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ވަނީ އަންގައިފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުން، ވަގުތީ ގޮތުން އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީ އައްޔަނު ކޮށްފި އެވެ.
މިރޭގެ ވަގުތެއްގައި ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ވަގުތީ ގޮތުން އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ބުނެ، ފާއިތުވި ރޭތަކުގައި ޒުވާނުން އެއްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުން ގެންދަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ޝުޖާއު، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކޮށްފައިވަނީ، މި ސަރުކާރުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.