ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވައިފި

މިރޭގެ ވަގުތެއްގައި ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި އެވެ.

މިރޭގެ ވަގުތެއްގައި ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސް މުއިއްޒު އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ހީނާ ދެއްވާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ޝުޖާއުގެ ބަހެއް އަދި ލިބިފައިނުވިޔަސް، އިސްތިއުފާ ދެއްވަން އޭނާ ނިންމަވާފައިމިވަނީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ބުނެ، ފާއިތުވި ރޭތަކުގައި ޒުވާނުން އެއްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުން ގެންދަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ޝުޖާއު، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކޮށްފައިވަނީ، މި ސަރުކާރުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވާފައިވާއިރު، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، ފިޔަވަޅު އެޅުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.