ފުލުހުން ބުނީ އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ. ދުނިޔޭގައި ހުރެއްޖެނަމަ އެމީހާ މިނިވަން ވާނީ އުމުރުން 102 އަހަރުގަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓުން އިއްޔެ 54 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެމީހާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގުމުގެ ކުށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައި ވަނީ ސެޕްޓެމްބަރު 3، 2022 ގައި ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.
ފުލުހުން ބުނީ އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ. ދުނިޔޭގައި ހުރެއްޖެނަމަ އެމީހާ މިނިވަން ވާނީ އުމުރުން 102 އަހަރުގަ އެވެ.