މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ތަކެކެވެ. މި ފަރާތްތަކަކީ ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިތައް ހިމެނޭހެން ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ލިސްޓު މީރާ އިން އާއްމުކޮށްފި އެވެ.
ގިނަ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު ޓެކްސް އޮތޯރިޓީ (މީރާ) އިން ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން އާއްމު ކުރުމާ ބެހޭ ގޮތުން އެ އޮތޯރިޓީން ބުނީ މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ތަކެކެވެ. މި ފަރާތްތަކަކީ ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ.
މީރާގެ މި ލިސްޓުގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުތިކާއި މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ފަދަ ތަންތަން ވެސް ހިމެ ނެއެވެ. އެ ތަންތަނުގެ ތެރޭގައި މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ޓެޕް ކޮންސްޓްރަކްޝަންގެ އިތުރުން ސްޓެޓިކް ކޮމްޕެނީ އާއި ސިނަފް ކުންފުނި އަދި ރެއިންބޯ އެލްމީނިއަމް އާއި ނަޒާކީ ސާވިސަސް އަދި ލިޓަސް ޖެނެރަލް ޓްރޭޑިން އަދި އެފްޑީއައި ސްޓޭޝަން ފަދަ އެތައް ކުންފުންޏެއް ހިމެނެ އެވެ.
މީރާއިން ނަން އާއްމު ކުރަނީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި ގިނަ ފުރުސަތުތަކެއް ވެސް ދީފަ އެވެ. އަދި އެ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް މީރާއިން ދެ އެވެ.