"ޕްރިފެރެންޝަލް ވޯޓް އާއިއެކު ނަމަ އެއްބުރުން ވޯޓުލައި ނިންމާ، ސަރުކާރެއް އުފައްދާ އުސޫލަކީ ރަގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ޕްރިފެރެންޝަލް ވޯޓިން" އަށް ދިއުމަކީ ރަގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"ޕްރިފެރެންޝަލް ވޯޓް އާއިއެކު ނަމަ އެއްބުރުން ވޯޓުލައި ނިންމާ، ސަރުކާރެއް އުފައްދާ އުސޫލަކީ ރަގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ފައްޓަވާފައި ވަނިކޮށެވެ. އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގެންފަ އވެެ.
އަދި މިހާރު އެކަމަށް ސޯޝަލް މީޑިއާގައި ސަރުކާރާ އެއްކޮޅު ފަރާތްތަކުން ދަނީ ކެމްޕޭނެއް ވެސް ކުރަމުންނެވެ. އެގޮތުން އެކަމަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ދަނީ ގިނަ ޕޯސްޓްތަކެއް ކުރަމުންނެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެގޮތަށް ބަދަލު ކުރާނީ ރަގަޅަށް ދިރާސާކުރުމަށްފަހު، އެއީ ގައުމަށް އެންމެ ރަގަޅު ގޮތް ކަމަށް ފެންނަ ނަމަ އެވެ.