ޕާސްޕޯޓް ރޭންކިން | ދިވެހިންގެ އަތުގައި އޮންނަނީ އެންމެ ވަރުގަދަ ޕާސްޕޯޓް

ދުބާއީ ކުންފުންޏަކުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެ 65.5 ސްކޯ ހޯދައިގެން މިވަގުތު ރާއްޖެ އޮތީ 104 ވަނައިގަ އެވެ. މި ވަނައާއެކު ދިވެހިންނަށް ވިސާ އޮން އެރައިވަލް ވިސާގައި ދުނިޔޭގެ 101 ގައުމަކަށް ދަތުރު ކުރެވޭނެ އެވެ.

ދިވެހި ޕާސްޕޯޓެއް : މިހާރު އެންމެ ވަރުގަދަ ޕާސްޕޯޓަކީ ރާއްޖެ -- އަވަސް

ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މައްޗަށް ޖެހިލައި، މި ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ ދަރަޖަ ދަރަޖަ މައްޗަށް ޖެހިލައިފި އެވެ. 

ދުބާއީ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ ނޮމަޑް ކެޕިޓަލިސްޓުން ނެރޭ ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސް ދައްކާ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޕާސްޕޯޓެއް އޮތީ ދިވެހިންގެ އަތުގަ އެވެ.

މި  ރޭންކިންގައި ރާއްޖެ 65.5 ސްކޯ ހޯދައިގެން މިވަގުތު ރާއްޖެ އޮތީ 104 ވަނައިގަ އެވެ. މި ވަނައާއެކު ދިވެހިންނަށް ވިސާ  އޮން އެރައިވަލް ވިސާގައި ދުނިޔޭގެ 101 ގައުމަކަށް ދަތުރު ކުރެވޭނެ އެވެ. 

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ނޮމަޑް ކެޕިޓަލިސްޓް އިންޑެކްސްގައި ރާއްޖެއާ ވާދަވެރި އަދި އަވަށްޓެރިން އުޅެނީ  ގައުމުތައް އުޅެނީ ފަހަތުގަ އެވެ. 

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އިން އެއްކޮށްފައިވާ ތަފާސް ހިސާބުގެ މައްޗަށް ހެންލީ އިންޑެކްސްއިން މި އަހަރުގެ ޖެނުއަރީ މަހު ނެރުނު ތަފާސް ހިސާބުތަކުގައި ވެސް ރާއްޖޭގެ ޕާސްޕޯޓް ވަރުގަދަ ވެފައިވާ ކަމަށް ދައްކަ އެވެ. 

އެ މައުލޫމާތުތައް ދެއްކި މިދިޔަ ަހަރު ރާއްޖެ ހިމެނެނީ 53 ވަނާގައި އެވެ. އަދި އޭރު ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 94 ގައުމަށް ދަތުރުކުރެވެ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ ޕާސްޕޯޓް ރޭންކިންގެ 57 ވަނާގައި އެވެ. ފާއިތުވި 19 އަހަރު ތެރޭގައި ރާއްޖޭގެ ޕާސްޕޯޓުގެ ރޭންކިން އެންމެ މަތިވީ 2013 އާއި 2014 ވަނަ އަހަރު އެވެ. އެ ދެ އަހަރު ރާއްޖެ އޮތީ 49 ވަނާގައި އެވެ. އޭގެ ފަހުން ރޭންކިން ގައި ރާއްޖެ އުޅެނީ 53 އާއި 61 އާ ދެމެދު އެވެ. 2021 ވަނަ އަހަރު ރާއްޖޭގެ ޕާސްޕޯޓް ރޭންކިން 66 އަށް ވެއްޓުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.