މި މަހު ގާނޫނު އިސްލާހުކޮށް، ނޮވެމްބަރުން ފެށިގެން ދުންފަތުގެ ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފަށަނީ

މި މަހުގެ ތެރޭގައި، ދުންފަތް މަނާކުރުމުގެ "ޖެނެރޭޝަން ބޭން" ގެނައުމާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި.

"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި، ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި، ދުންފަތް މަނާކުރުމުގެ "ޖެނެރޭޝަން ބޭން" ގެނައުމާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނާނީ ޖުނެވަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ކަމަށް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި، ރައީސް ވިދާޅުވީ ޖެނެރޭޝަން ބޭން ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި މަހު މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. 

އަދި އެ ބިލު ފާސްވެއްޖެނަމަ، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ކެބިނެޓުން ނިންމާފައިވާ ގޮތަށް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2007 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި ކުދިންނަށް ދުންފަތް މަނާކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ހަ މަސް ދުވަސް ލިބުނީމަ، މިކަން ކުރަން ފަށާފައި ތިބި ކުދިންނަށްވެސް ފުރުސަތެއް އެ ލިބެނީ މިކަމުން ދުރުވާން. ދިރާސާތަކުން ދައްކާގޮތުގައި ސިސޭޝަންގެ ތެރެއިން ތިން މަސް ދުވަހުގެ ތެރޭގައި މި އާދައިން އެބަ ދުރުވެވޭ. އެހެންވީމަ އެކަށީގެންވާ މުއްދަތެއްކަމަށް އަޅުގަނޑު މި ބަލަނީ މިއީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނެވެ.

އެހެންކަމުން އެ އާބާދީ ދުންފަތުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.