ސައޫދީ ފަންޑުން ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ދީފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް (ދެވަނަ އެޑިޝަނަލް ލޯން) ގެ ލޯން 63.7 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) ގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މުރުޝިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ފިނޭންސް އެންޑް ޕްލޭނިން ޒަމީރެވެ.އަދި، ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްޠާން އެވެ.
ސައޫދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުވީ އާ ލޯނު އެހީއާއެކު އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރުވެ އެއާ ކާގޯ އޮޕަރޭޝަން ވަރުގަަދަ ވެގެންދާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ހަމަޖެހިގެން ދިޔަ އިތުރު ފައިނޭންސިންގެ ސަބަބުން މި މަޝްރޫއު އަވަސް ސްޕީޑެއްގައި ނިމުމަށް އެހީތެރި ވެގެން ދާނެއެވެ. އަދި މި މަޝްރޫޢު ނިމުމާއިއެކު ރާއްޖެއަށް އިގްތިސޯދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެ އެވެ.
ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި ފަތުރުވެރިކަމާއި ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރި ކަމުގެ މައިގަނޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.
ސައޫދީ ފަންޑަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ އެއް ފަރާތެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ކުރަން ދީފައިވާ ލޯނުތަކެވެ. ވީއައިއޭގެ ތަރައްގީގެ އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީތެރިކަން ދީފައިވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ސައޫދީ ފަންޑުން ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ދީފައިވެ އެވެ.