ޝަމްއާން ވަނީ 15 ދުވަހަށް ބަންދު ކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ރަޖިސްޓްރާ ބޭރުކޮށްލި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރެލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ބަންދު ކުރަން އަމުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭގެ އަނެއް ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް، އަދި އެ މުއްދަތު ހަމަވުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ.
ޝަމްއާން ވަނީ 15 ދުވަހަށް ބަންދު ކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ރަޖިސްޓްރާ ބޭރުކޮށްލި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.
ހައިކޯޓުގެ ރަޖިސްޓްރީ އިން ދައްކާ ގޮތުގައި، ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރުމަށް ނެރުނު އަމުރު އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގައި މަސައްކަތް ކުރި އިތުރު ހަތަރު މުވައްޒަފުން ވެސް ވަނީ ބަންދުކޮށްފަ އެވެ.