އާމްދަނީ 8 ބިލިއަނަށް | ބަޖެޓު 1.2 ބިލިއަން ރުފިޔާ އަރަނިވެއްޖެ

މިދިޔަ މަހު 20ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއާއެކު ބަޖެޓުގެ އަދަދުތަކުން އެނގޭ ގޮތުގައި މިހާރު ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ސާޕްލަސް ވެފައިވެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަނަށް އަރައި ދައުލަތުގެ ބަޖެޓު 1.2 ބިލިއަން ރުފިޔާއިން އަރަނި ވެއްޖެ އެވެ.

ފިނޭންސުން ނެރޭ ހަފުލާގެ މާލީ ހިސާބުތައް ދައްކާ ގޮތުގއި މިދިޔަ މަހު 20ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއާއެކު ބަޖެޓުގެ އަދަދުތަކުން އެނގޭ ގޮތުގައި މިހާރު ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ސާޕްލަސް ވެފައިވެ އެވެ.

މި ރިޕޯޓް ދައްކާ ގޮތުން ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 7.9 ބިލިއަން ރުފިޔާގަ އެވެ.

އާމްދަނީ އިތުރުވި ދާއިރާ - އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިންނެވެ.

މި މުއްދަތުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެމި މުއްދަތުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި އަހަރުގެ އެ މުއްދަތުގެ ޚހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދާއި އާސަންދައާއި ސަބްސިޑީގެ ބައިންނެވެ.

ދައުލަތުގެ ޖުމުލަ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައިވަނީ ޚަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީ އެވެ. މީގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100. މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓް ވެސް ހިމެނެ އެވެ. 

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ޖުމްލަ އޯވަރޯލް ބަޖެޓް ބެލެންސްއަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސް އެކެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ ޑެފިސިޓްގައި ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރެވިފަ އެވެ.

ހަރަދު ހިނގި ދާއިރާތައް

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: 441.8 މިލިއަން ރުފިޔާ
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން: 668.6 މިލިއަން ރުފިޔާ
  • ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ: 883.8 މިލިއަން ރުފިޔާ

ދައުލަތުގެ އާމްދަނީގެ ކޮމްޕޮޒިޝަނަށް ބަލާއިރު، 79 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. އެގޮތުން، ޓެކްސްގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނީ 6.6 ބިލިއަން ރުފިޔާ އެވެ. އަދި 20 ޕަސެންޓަކީ ޓެކްސް ނޫން އާމްދަނީ އެވެ. އެގޮތުން، ޓެކްސް ނޫން ގޮތް ގޮތުން މި އަހަރުގެ އެ މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ މީގެ އިތުރުން އެއް ޕަސެންޓަކީ ހިލޭ އެހީ އެވެ. އެގޮތުން މި އަހަރުގެ އމިެހާތަނަށް 47.1 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 32.3 މިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.