ބަރު ހަތިޔާރުގެ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާ ކުރުމަކީ ރައީސްގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން: މުހްތާޒް

ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހްތާޒު މުހުސިން

ރާއްޖެއަށް ފުރަތަމަ ބަރު ހަތިޔާރުން ބަރާ ކުރެވޭނެ, މަނަވަރު ތުރުކީން ވެދުން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން ކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރުކަން ކުރައްވާފައިވާ މުހްތާޒު ވިދާޅުވީ ތުރުކީވިލާތުން އަސްކަރީ ގޮތުން ކުރި އަރާފައިވާ، އެގައުމުގެ އަސްކަރިއްޔާއިން މިހާރުވެސް ބޭނުން ކުރަމުންދާ ބަރުހަތިޔާރާއި މިސައިލް ބޭނުން ކުރެވޭ މަނަވަރެއް އަސްކަރީ ފުރިހަމަ އާލާތްތަކާއި އެކު ދިވެހި އަސްކަރިއްޔާއަށް ހަދިޔާ ކުރުމަކީ ފަހުރެއް ކަމަށެވެ.

"ދިވެހި ގައުމުގެ ސިޔާދަތީ ބާރާއި މިނިވަން ކަމާއި ދިވެހި މަސްވެރިންނާއި މަސް ކަނޑުތަކުގެ ހިމާޔަތުގައި ދިވެހި އަސްކަރިއްޔާއަށް ބަރު ހަތިޔާރުން ބަރާކުރެވޭނެ ފުރަތަމަ މަނަވަރު, އަސްކަރީ ގޮތުން ކުރިއަރާފައިވާ ތުރުކީވިލާތުން ދިވެހިންނަށް ވެދުން ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކެމެވެ.“ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެެފައިވެ އެވެ.

މި މަނަވަރު ހަދިޔާ ކުރުމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިއުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފުކުރެވުމަކީ ރާއްޖެ އާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖްތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުން ކަމަށެވެ.

އަދި މީ ސިފައިންގެ އެމްމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ހާސިލްވުމަށް ނެގުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެއެވެ.

ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ރައީސްގެ ލަނޑުދަނޑިއެއްކަމަށްވެސް ޑިފެންސް ބަޔާނުގައިވެއެވެ. އަދި މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.