ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕަށް މި ހަފްތާ ހުޅުވާލަނީ

"ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއް. މީގެ އިތުރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ،"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭން ނިންމާފައިވާ ސްކޮލަޝިޕަށް މި ހަފްތާތެރޭގައި އިއުލާނު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މި ސްކޮލަޝިޕްތަކުގެ ތެރޭގައި އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކަކށް ހުޅުވައިލެވޭނެ ކަމަށެވެ. މެޑިސިންގެ ދާއިރާއިން ސުޕަ ސުޕެޝަލިސްޓުން މިގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

އަދި މިސްރާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އެއާއެކު އިއުލާނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ޒަކާޓު ފަންޑުގެ ފީ ސަބީލިﷲ ބައިން ފަންޑުކުރާ ފުރުސަތުތަކެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއް. މީގެ އިތުރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ލިބިފަ އެވެ. މިއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކުރައްވައި ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބުނު އަހަރެވެ.

"މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުން،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.