އެކަންކަމާއި އަދި ކުރެވުނު ސާވޭތަކުގެ އަލީގައި ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށް މަޝްވަރާކޮށް، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ގޮތެއް ނިންމަނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން"ގެ ގޮތުގައި ފިޔަވަޅު އެޅުމާމެދު މިއަދު ކެބިނެޓުން ވަކި ގޮތެއް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކެބިނެޓް ބައްދަލުވުމުގެ ކުރިން މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ ވަކި އުމުރުރަކަށް ދުންފަތް މަނާ ކުރުމަށް ނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަދި ޔުނިސެފްގެ އިތުރުން އެކިއެކި ޖަމިއްޔާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އެކަންކަމާއި އަދި ކުރެވުނު ސާވޭތަކުގެ އަލީގައި ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށް މަޝްވަރާކޮށް، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ގޮތެއް ނިންމަނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އާންމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްތިކް ސާވޭ އިން ދައްކާ ގޮތުގައި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
ރާއްޖޭގައި އެކިއެކި ބަލިތައް ޖެހިގެން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު 84 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި، 2021 ވަނަ އަހަރު ހެދި ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ގުޅޭ ސާވޭއިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 ޕަސެންޓް ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިއީ މި ކުޑަކުޑަ މިޖުތަމައުއަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ޒުވާނުންނާ އަދި ޖުމްލަކޮށް މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މިޖެހޭ ގައިންގަޔަށް ނާރާ ބަލިތައް، އޭގެ ތެރޭގައި ކެންސަރު ބައްޔާ، ހިތުގެ ބައްޔާ މިހެން ގޮސް އެކިކަހަލަ ބަލިތައް، މި ބަލިތަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން، ސަރުކާރުން އެންމެންނާ ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް "ޖެނެރޭޝަނަލް ބޭން" ތައާރަފް ކުރުމަށް ހެލްތު މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ދިރާސާތައް ހަދައި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކިއެކި ފަންނީ މީހުންގެ މަޝްވަރާތައް ހޯދުމަށްފަހު އެ މިނިސްޓްރީން ވަނީ ކެބިނެޓަށް ހުށަހަޅަން ވަނީ ކަރުދާހެއް އެކުލަވާލާފަ އެވެ. މިއަދު އެ ކަރުދާސް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ކެބިނެޓަށް ހުށަހަޅުއްވާނެ އެވެ.