މާރިޗުގެ ނިޔަލަށް ޑޮލަރުގެ އާމްދަނީ 28 ޕަސެންޓުގެ އުފުލުމެއް

މި އަހަރުގެ މިހާތަނަށް ޑޮލަރުން ބަލައިގަތް އާމްދަނީ ހުރީ 417 މިލިއަން ޑޮލަރެވެ. އަދި މާރިޗު މަހު ބަލައިގަތް ޑޮލަރުގެ އާމްދަނީ 174 މިލިއަން ޑޮލަރަށް އަރަ އެވެ.

ރާއްޖެއަށް އެތެރެވި ޓޫރިސްޓުންތަކެއް އިމިގްރޭޝަން ކައުންޓަރު ކައިރީގައި : އެންމެ ބޮޑު އާމްދަނީއެއް އިތުރުވީ ޓޫރިޒަމުން -- އިމިގްރޭޝަން

މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) މެދުވެރިކޮށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 28 ޕަސެންޓް އިތުރު ވެއްޖެ އެވެ. 

މީރާގެ މާރިޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 417 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ  324 މިލިއަން ޑޮލަރުގަ އެވެ. 

މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި މީރާއަށް ޑޮލަރުން ބަލައިގަތް އާމްދަނީވެސް ވަނީ 20 ޕަަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މާރިޗުގެ ނިޔަލަށް 327 މިލިއަން ޑޮލަރު ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 271 މިލިއަން ޑޮލަރުގަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން މި އަހަރު 89 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރު މި އަދަދު ހުރީ 53 މިލިއަން ޑޮލަރުގަ އެވެ. 

ޑޮލަރުގެ އާމްދަނީ މަތިން ލިބުނު ދާއިރާތައް

  •  ޖީއެސްޓީ - 223 މިލިއަން ޑޮލަރު
  •  އިންކަމް ޓެކްސް - 46,3 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް - 34 މިލިއަން ޑޮލަރު
  •  ޑިޕާޗާ ޓެކްސް - 24 މިލިއަން ޑޮލަރު
  •  އޭޑީސީ - 24 މިލިއަން ޑޮލަރު
  •  ލޭންޑް އެކުއެޒިޝަން ފީ - 30 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި - 31 މިލިއަން ޑޮލަރު

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ، ޖީއެސްޓީ އަށް 223 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޖީއެސްޓީއިން މިދިޔަ އަހަރު ލިބުނީ 212 މިލިއަން ޑޮލަރެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 8-6 ޑޮލަރުގެ ޓެކުހެއް ނަގަމުން ގެންދާ ގްރީން ޓެކުހުން މި އަހަރު 34 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 20 މިލިއަން ޑޮލަރެވެ. އަދި އިންކަމް ޓެކުހުން މި އަަހަރުގެ މިހާތަނަށް 46,3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި ޓެކުހުން މިދިޔަ އަހަރު ލިބުނީ 19 މިލިއަން ޑޮލަރެވެ. 

މާރިޗު މަސް ވަކިން ބަލާނަމަ ޑޮލަރުގެ އާމްދަނީއަށް އެމަހު 45 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވެ އެވެ. މި އަހަރުގެ މާރިޗު މަހު 174 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 119 މިލިއަން ޑޮލަރެވެ. 

މީރާ އަށް ބަލައިގަތް އާމްދަނީގެ ޖުމްލަ އަދަދު މިދިޔަ މާރިޗު މަހު ހުރީ 3.38 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ އާމްދަނީ 15 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ ލަފާކުރި އާމްދަނީއަށްވުރެ 26 ޕަސެންޓުގެ އިތުރުވުމެކެވެ. ކުރިން އަންދާޒާ ކުރި އާމްދަނީ މަތިވުމުގެ ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމާއި ޓޫރިޒަމް ބިމުކުލި އިތުރު ކުރި ފަރާތްތައް އިތުރުވުމުގެ އިތުރުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.