އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް (23އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އައްޑޫ ސިޓީ --

އައްޑޫ ސިޓީގައި މިރޭ ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:29 ހާއިރު، އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގަ އެވެ.

މަރުވެފައި ވަނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި ފޭދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އެރަށު އުލްފަތުގޭ، އިބްރާހިމް ސިޔާދެވެ. ފުލުހުން ބުނީ ސިޔާދު ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް (23އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު، ރޭ ލާމު ލިންކު ރޯޑުގައި ހިނގާ ދިޔަ އެކްސިޑެންޓެއްގައި ވެސް ވަނީ ޒުވާނަކު މަރުވެފަ އެވެ. އުމުރުން 30 އަހަރުގެ އެ ޒުވާނާ މަރުވެފައި ވަނީ މިއަދު ހެނދުނު ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.