އެކްސިޑެންޓްގައި އަނިޔާވި ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒީ ރޭ ވަނީ ވަގުތުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. ސައިކަލުން ވެއްޓި، އޭނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 1:40 ހާއިރު، ލިންކު ރޯޑުން ގޮސް ލ. މާންދޫ އަށް ލަނބާލާ ސަރަހައްދުންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ސައިކަލު ކޮންޓްރޯލުން ނައްޓާލައިގެން ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒީ ރޭ ވަނީ ވަގުތުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. ސައިކަލުން ވެއްޓި، އޭނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
ފަރުވާ ދެމުން ދަނިކޮށް އުމުރުން 30 އަހަރުގެ އެ ޒުވާނާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.