ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅަނީ

މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ތާރުއަޅާނެ ކަމަށެވެ. އެއީ 830 މީޓަރުގެ މަގެކެވެ.

ބޭރުމަގުގެ އުތުރު ސަރަހައްދު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.

މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ތާރުއަޅާނެ ކަމަށެވެ. އެއީ 830 މީޓަރުގެ މަގެކެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ މަގު ފުޅާކުރާނެ އެވެ. މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި، ދުވާރު ހެދުމާއި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 144.50 މިލިއަން ރުފިޔާއަށް، ދޮޅު އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.