ބިދޭސީންގެ މައުލޫމާތު ނެގުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ދަނީ ކުރަމުންނެވެ.
ޖޫނިމަނާކޮށް ބިދޭސީންގެ ކޯޓާ ފީ ހޯދަން ފެށުމާއެކު ފީ ދައްކާ އަދަދު 55 % އިތުރު، ޖުމްލަ ނަމްބަރު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.
ބިދޭސީންގެ ފީގެ ކަންތަކާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ ބެހޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ގައުމީ ޓީވީގައި ވިދާޅުވީ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރި ފަރާތްތަކަށް އެއް އަހަރުގެ މުއްދަތެއް މިދިޔަ އޮކްޓޫބަރުގައި ދިނީ ފައިސާ ދެއްކޭނެ ޕްލޭންތަކަކާ އެކުގައި ކަމަށާ މި ބަދަލާއެކު ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު މިހާތަނަށް 1.6 ބިލިއަން ރުފިޔާ ދައްކާފައިވާއިރު މިހާތަނަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއް އަދިވެސް ނުލިބި އެބައޮތެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފައިސާ ނުދައްކާ ތިބި ކުންފުނިތަކަށް ދިން މުއްދަތު ހަމަވާއިރު ނުދައިފިނަމަ އެ ފަރާތްތަކުގެ އެކްސްޕެޓް ޕޯޓަލްގެ އެކައުންޓު ސަސްޕެންޑް ވާނެކަން އޭނާ ހަނދާންކޮށްދެއްވި އެެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އިސް ނެގުމަކަށް އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތްތަކެއްވެސް ފަށާފަ އެވެ. އަދި ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި އެމީހުންގެ ދަފުތަރެއް ހެދުމުފެ މަސައްކަތް ވެސް ކުރަމުން ގެންދެ އެވެ. މިހާތަނަށް 38،000 މީހުން ގާނޫނުގެ ތެރެއަށް ފައްތާފައިވާއިރު ގިނަ ބަޔަކު ޑީޕޯޓްކޮށްލާފައިވެ އެވެ.