މޯލްޓާ އާއެކު ވިޔަފާރި، އިންވެސްޓްމަންޓް ފުޅާކުރަން ހަލީލް މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރު ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި މޯލްޓާ އާ ދެމެދު އިންވެސްޓުމަންޓާއި ވިޔަފާރި ފުޅާކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އާއެކު މަޝްވަރާކުރައްވައިފި އެވެ.

މޯލްޓާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ހަލީލް ވަނީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ ފޮ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގް އާ ބައްދަލުކުރައްވައިފަ އެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ހާއްސަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވަޒީރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތައުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުއްވާލެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.