އައިޑީކާޑު މަސައްކަތާއި ގަޑިތަކަށް ބަދަލެއް

ޑީއެންއާރް އިން ހިދުމަތްދޭ ގަޑިތައް ބަދަލު ކުރީ ކާޑު ލިބުން ލަސްވާތީ މީހުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ. އާންމު ގޮތެއްގައި މިހާރު ކާޑު ހައްދަން އެޕްލައި ކުރަނީ އޮންލައިންކޮށެވެ.

އައިޑީކާޑުތަކެއް: ކާޑު ދޫކުރާ ވަގުތު ބަދަލު ކުރަން ޑީއެންއާރް އިން ވަނީ ނިންމާފައި -- މި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ގެ މަސައްކަތްތަކާއި ކާޑު ދޫކުރާ ވަގުތު ބަދަލު ކުރަން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނިންމައިފި އެވެ.

ޑީއެންއާރް އިން ބުނީ ކާޑުގެ ހިދުމަތް އަވަސް ކުރުމުގެ ގޮތުން ހިދުމަތް ދޭ ވަގުތުތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި ޑިޕާޓްމެންޓްގެ ސާވިސް ކައުންޓަރުގެ ހިދުމަތްތަކުގެ ވަގުތު އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ.

އެގޮތުން ހެނދުނު 8:00 އިން ފެށިގެން 10:30 އަށް ޑީއެންއާރް އިން ކުރާނީ އޮންލައިން އެޕްލިކޭޝަން ހެދުމާއި، އެޕްލިކޭޝަން ތަކުގައި ދިމާވެފައިވާ މައްސަލަތައް މީހުނަށް އެންގުމާއި އަދި ކާޑު ބަލާ ދިއުމުގެ އެޕްއިންޓްމަންޓް ފޮނުވުމުގެ މަސައްކަތެވެ.

މީގެ ކުރިން 8:30 އިން ފެށިގެން އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ލިބެ އެވެ. އެކަމަކު ދެން އައިޑީކާޑު ދޫކުރަން ފަށާނީ 10:30 އިން ފެށިގެނެވެ. އައިޑީކާޑު ދޫކުރާ ނަންބަރު ދޭން ފަށާނީ ވެސް އެވަގުތުން ފެށިގެނެވެ. ދޫކުރާނީ ކުރިން ވެސް ދޫކުރާ އަދަދަށް ދުވާލަކު 400 ނަންބަރެވެ.

އެކަމަކު ހާއްސަ ހާލަތްތަކުގައި ކާޑު ހަދަން ބޭނުންވާ މީހުންނާއި، ކާޑު ނަގަން ބޭނުންވާ މީހުންގެ އިތުރުން، 10 އަހަރު ފުރިގެން ކާޑު ހައްދަން ބޭނުންވާ މީހުންނަށް ހެނދުނު 8:30 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ދޭނެ އެވެ.

ޑީއެންއާރް އިން ހިދުމަތްދޭ ގަޑިތައް ބަދަލު ކުރީ ކާޑު ލިބުން ލަސްވާތީ މީހުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ. އާންމު ގޮތެއްގައި މިހާރު ކާޑު ހައްދަން އެޕްލައި ކުރަނީ އޮންލައިންކޮށެވެ. ކުރިން އެއް ދުވަސްތެރޭ ލިބޭ ކާޑު މިހާރު ހަފުތާއެއް ވާއިރުވެސް ނުލިބެ އެވެ. ބައެއް ކާޑު ނިންމަނީ ވެސް ބަލާ ދިއުމުންނެވެ. އޭގެ ސަބަބުން އެތަނުގައި ގިނައިރު މަޑު ކޮށްގެން ތިބެން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.