ބޭރުގެ މުހިންމު ހަތަރު ޖަމިއްޔާއަކަށް ކަނޑައެޅި މަންދޫބުންނަށް ރުހުން ދީފި

ބަނަލްއަގުވާމީ ގޮތުން މުހިންމު ހަތަރު ޖަމްއިއްޔާއަކަށް މަންދޫބުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ބަނަލްއަގުވާމީ ގޮތުން މުހިންމު ހަތަރު ޖަމްއިއްޔާއަކަށް މަންދޫބުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ. 

ރައީސް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިއާރުއީއެންއޭ) އަދި އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ރާއްޖޭން ދާއިމީ މަންދޫބުން ކަނޑައެޅުމަށެވެ.

ޑަބްލިޔުޓީއޯގެ ރާއްޖޭގެ މަންދޫބަކަށް ކަނޑައަޅަން ރައީސް ހުށަހަޅުއްވާފައިވަނީ، ޖެނީވާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

މީގެއިތުރުން، އައިއެމްއޯއަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އައިއާރުއީއެންއޭ އަށް ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފް އަދި އޯއައިސީއަށް ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރު އައްޔަނުކުރަން ރައީސް ވަނީ ހުށަހަޅުއްވައިފަ އެވެ. 

މި ހަތަރު ޖަމްއިއްޔާ އަށް ރައީސް ހުށަހެޅުއްވި ބޭފުޅުން އައްޔަނުކުރަން މަޖިލީހުގެ މިއަދު ގެ ޖަލްސާގައި ރުހުން ދީފައިވަނީ އެކަމަށް ނެގުނު ވޯޓުތަކުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.