އުތީމަށް އުފަލެެއް؛ މި އަހަރާ އަންނަ އަހަރު ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ އުތީމުގައި

އެމަނިކުފާނު ވަނީ މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުތީމަށް ވަޑައިގެންނެވުން

މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

އުތުރުގެ ހއ ގެ 10 ރަށަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު އުތީމަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މި ރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހާއްސަ އިހުސާސުތަކެއް ކުރެއްވޭ ކަމަށެވެ. އެއީ ގައުމީ އިހުސާސުތަކެއް ކަމަށް ވިދާޅުވި އެެވެ.

އުތީމަކީ ގައުމީ ބަތަލު -- މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ގެ އުފަން ރަށެވެ. އެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އުތީމުގެ ފަސްގަނޑުގައި ވަގުތުކޮޅެއް ހޭދަ ކޮށްލެއްވުމަކީ އަބަދުވެސް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އުތީމަށް އެ ހާއްސަ ޝަރަފު އޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ދައުރެއްގައި އެއް ފަހަރު އުތީމުގައި ގައުމީ ދުވަސް އާދައިގެ ގޮތެއްގައި ފާހަގަ ކުރެއްވުމަކީ އެދިވަޑައިގަަންނަވާ ގޮތް ނޫން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ އެކަން މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ކަމަށް ވިދާޅުވި އެެވެ.

އެމަނިކުފާނު ވަނީ މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.