މިއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މި ކުޑަކުޑަ މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ދަނބާ ކިޔަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ ފުންމިނަކުންނެވެ. މީގެ ހަތަރު މަސް އިތުރަށް ދިރާސާ ކުރުމަށް ދަލެއް ބޭނުންކޮށްގެން ހިފައި ތަހުލީލު ކުރެވިފައިވާ ކަމަށާ އިތުރަށް ކުރެވުނު ތަހުލީލުތަކާއި ދިރާސާއިން ސާފުވީ މިއީ ދުނިޔެއިން އަލަށް ރިކޯޑު ކުރެވުނު މަހެއް ކަމަށެވެ.
މިއީ ބޭރުގެ ތަޖުރިބާކަރުންގެ ޓީމަކާއި ދިވެހި ޓީމެއް ގުޅިގެން ކުރެވިފައިވާ ދިރާސާއެކެވެ.
މި ކަނޑުފަޅުގެ ދިރާސާގެ ތެރެއިން ޖުމުލަ އަށް ސަރަހައްދަކުން މިމަސް ރެކޯޑު ކުރެވިފައިވެ އެވެ. އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުތައް ހިމެނޭހެން ޖުމުލަ 180 ކިލޯމީޓަރުގެ ރާސްތާ ހިމެނޭހެންނެވެ. އެހެންކަމުން މިމަސް މުޅިރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނެ ކަމަށް ބެލެވެ އެވެ.
މިއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މި ކުޑަކުޑަ މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ދަނބާ ކިޔަ އެވެ. ފުން ފަޅުތަކާއި ފަރުތަކުގެ އަޑީގައި އަދިވެސް ކުރިން ހޯދިފައިނުވާ އެތައް ދިރުންތަކެއް ވެ އެވެ.