މާޒީގައި ކިތަންމެ ފާފައެއް ކުރެވިފައިވިޔަސް އިސްލާހުވެ ދީނަށް ހިދުމަތް ކުރުމަކީ ހުޅުވިފައިވާ ދޮރެއް: ހުތުބާ

މުސްލިމުންގެ އެންމެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނި ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއް ކަމުގައި ކަމަށެވެ.

މިނިސްޓަރު ޝަހީމް މީގެ ކުރިން ހުކުރު ހުތުބާ ވިދާޅުވެދެއްވަނީ --

ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ހައްގުގެ މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"އަލްހުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ދަރުސްތަކެއް" މި މައުލޫއަށް މިއަދު އިއްވި ހުތުބާގައި ވަނީ ހަތަރު ހަލީފާ އިންގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ މުހިންމު ކަންކަން ފާހަގަ ކުރައްވާފަ އެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ އެންމެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނި ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއް ކަމުގައި ކަމަށެވެ.

އަލްހުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ހަލީފާއަކީ އުމަރުގެފާނަކީ، އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާގެ މައްޗަށް އެންމެ އަދާވާތްތެރި އެއް ބޭކަލެއް ކަމަށާ އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ ގަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގަތް ކަމަށެވެ.

ނަމަވެސް މާތްﷲ އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާއުގައި ވަގުތުން މަސައްކަތް ފެށްޓެވި ކަމަށެވެ. އަދި ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ހިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުނަ ނަސްރުތަކެއް ހޯއްދަވައިދެއްވި ކަމަށެވެ. 

އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫހާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށް ކަމަށް ހުތުބާގައިވެ އެވެ.

މުސްލިމުންގެ ތިންވަނަ ހަލީފާ އުސްމާނުގެފާނު ފާހަގަކުރެވެނީ އަހްލާގީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއްގެ ގޮތުގައި ކަމަށާ މަލާއިކަތުން ވެސް އެކަލޭގެފާނު ދެކެ ލަދުވެތިވެވަޑައިގަންނަވާކަމުގައި ރަސޫލު ﷲ ހަދީސް ކުރައްވައިފައިވާ ކަމަށެވެ.

އިސްލާމީ އަހުލާގިއްޔާތުގެ މި ރިވެތި ސިފަތަކާ އެކު، އެކަލޭގެފާނަކީ ނަބިއްޔާގެ ދެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތް ހަމައެކަނި ސަހާބީ އަކީ އުސްމާނުގެފާނު ކަމަށާ އެހެންކަމުން އެކަލޭގެފާނަށް ޒުއްނޫރައިން ނުވަތަ ދެނޫރުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގަތް ކަމަށެވެ.

އަލްހުލަފާއުއްރާޝިދޫންގެ އެންމެ ފަހު ބޭކަލަކީ އަލީގެފާނުކަން ފާހަގަކޮށަ ހުތުބާގައި ބުނީ އެކަލޭގެފާނަކީ ހިތްވަރުގަދަކަމުގެ ރަމްޒެއް ކަމަށެވެ. ހަނގުރާމައިގެ މައިދާނުގައްޔާއި، ހަލީފާކަމުގައި ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ގިޔާދަތާއި، ހިތްވަރަކީ ތާރީހު ހެކިދޭ ކަންކަން ކަމަށެވެ.

"ހަމަ އެހެންމެ، މާތް ނަބިއްޔާ މަދީނާއަށް ހިޖުރަކުރެއްވުމަށް މައްކާއިން ނުކުމެވަޑައިގަތް ރޭގައި، މައްކާގެ މުޝްރިކުން ތިބީ އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، އެކަލޭގެފާނު އަވަހާރަކޮށްލާން ތައްޔާރަށެވެ. އެ ހުތޫރަތްތެރި ވަގުތުގައި ވެސް މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ނަބިއްޔާގެ ދާންމަތިކޮޅުގައި އޮންނެވީ އަލީގެފާނެވެ. އިސްލާމްދީނާއި، ރަސޫލުﷲގެ ދިފާއު ގައި އެކަލޭގެފާނުގެ ޖާނު ގުރުބާން ކޮށްލައްވާން ވެސް ތައްޔާރަށް ހުންނެވިކަން މި ހިތްވަރުގަދަ އަމަލުފުޅުން އެނގެއެވެ،" މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.