ބަނގުރާ ބޭނުންކޮށް ގެންގުޅެ، ވިޔަފާރިކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމް އާއި ގއ. ކޮލަމާފުށީ، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒެވެ.
ބަނގުރާ ބޭނުންކޮށް ގެންގުޅެ، ވިޔަފާރިކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމް އާއި ގއ. ކޮލަމާފުށީ، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒެވެ. މީގެ ތެރެއިން ރަފާހް ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޭނުންކޮށް ގެމްގުޅުމުގެ ކުށުގައެވެ.
މި ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ދެ މީހުންގެ ބަންދަށްވެސް ވަނީ ހަތް ދުވަސް ޖަހާފައެވެ.
ބަންދު އަމުރުިގައިވާގޮތުން މި ދެމީހުން ތިބި ކާރު ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނދުރާ ފުޅިތަކާއި ދަޅުތައް ވަނީ ފެނިފައެވެ. އަދި ކާރުން ފެނުނު ތަކެއްޗަކީ އާލިމްގެ އެއްޗެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
މި ދެ މީހުންނާއި ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ. އަދި މި ދދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަންވެސް އަމުރުގައިވެއެވެ.