"ސާާޔާ" ބަލައިފިންތަ؟ ބެލި މީހުންނަށް ވަރަށް ކަމުގޮސްފި

ފިލްމު ބެލި ފިލްމީ ދާއިރާގެ ކުރީގެ އަދި މިހާރުގެ އެކްޓަރުންނާއި އެކްޓްރެސް އިންގެ ނަޒަރު ގައި ވެސް މިއީ މި ފަހުން އޮލިމްޕަހަށް އައި އެންމެ ތަފާތު އެ ފިލްމެވެ. އެންމެ މޮޅު އެއް ފިލްމެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: ފިލްމު ބެލި ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ

ކާމިޔާބު ފިލްމު ޕްރޮޑިއުސަރު، އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އޮލިމްޕަހު ގައި ދަނީ ދައްކަމުންނެވެ. މިހާތަނަށް ފިލްމުގެ ހަތަރު ޝޯ ދައްކާފައިވާއިރު ފިލްމު ބެލި ވަރަށް ގިނަ ބަޔަކަށް މި ފިލްމު ކަމުދިޔަ އެވެ. ފިލްމުގެ ރީތި ވާހަކަ ދައްކާފައިވެ އެވެ.

ފިލްމު ބެލި ފިލްމީ ދާއިރާގެ ކުރީގެ އަދި މިހާރުގެ އެކްޓަރުންނާއި އެކްޓްރެސް އިންގެ ނަޒަރު ގައި ވެސް މިއީ މި ފަހުން އޮލިމްޕަހަށް އައި އެންމެ ތަފާތު އެ ފިލްމެވެ. އެންމެ މޮޅު އެއް ފިލްމެވެ.

ކުރީގެ ފިލްމީ ތަރި އައިޝަތު ޝިރާނީ ބުނި ގޮތުގައި މިއީ ވަރަށް ރީތި ފިލްމެކެވެ. އެންމެ ފާހަގަކޮށްލެވުނީ އެކްޓަރުންގެ ހުނަރުވެރި ކަމެވެ. ހާއްސަކޮށް އާޝާގެ އެކްޓިން ޝިރާނީއަށް ވަރަށް ކަމުދިޔަ އެވެ.

ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބުގެ ނަޒަރު ގައި ވެސް މިއީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މޮޅު ފިލްމެކެވެ. ނުޒުހަތު ވެސް އެންމެ ބޮޑަށް ފާހަގަ ކުރީ އާޝާއާ ޑޯރާގެ އެކްޓިން އެވެ. އަދި ޔޫއްޕެގެ މޮޅުކަމެވެ. 

"ތަފާތު ލަވް ސްޓޯރީއެއް. އެހެން އެއްޗެއް އެކްސްޕެކްޓް ކޮށްގެން އިންދާ އެހެން ގޮތެއް ވެގެން ދަނީ. ސޯ މެނީ ޓްވިސްޓް،" ޝައުގުވެރި ފިލްމެއް ކަން ފާހަގަ ކޮށް ނުޒޫ ބުންޏެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: މިއީ ވަރަށް މޮޅު އުފެއްދުމެއްް

ޓީވީ ޕްރެޒެންޓަރުން ކަމަށްވާ ޝިފްޒާ މުސްތަފާ އާއި އައިމިނަތު އަމީނާ (އަނާ) ވެސް ވަނީ "ސާޔާ" ބެލުމަށް ފަހު ފިލްމަށް ތައުރީފު ކޮށްފަ އެވެ. މިއީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް އެ ދެ ޕްރެޒެންޓަރުން ވެސް ބުންޏެވެ.

އަދި ލޯބީގެ ތަފާތު ފިލްމެއް ބަލާލަން ބޭނުން ނަމަ ވެސް "ސާޔާ" އަކީ އެންމެ ރަނގަޅު ޗޮއިސްއަށް ވާނެ ކަމަށް ބުންޏެވެ.

ފިލްމު ބެލުމަށް ފަހު ގިނަ ބެލުންތެރީން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ފިލްމުގެ ރީތި ވާހަކަ ހާމަކޮށްފަ އެވެ.

"ސާޔާ" އަކީ ވަރަށް ގިނަ ހާދިސާތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ގިނަ އިހުސާސްތައް އެކުލެވޭ މޮޅު ފިލްމެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރެވޭނެ އެވެ.

ފިލްމުގެ އެންމެ އެންމެ ފާހަގަކޮށްލެވެނީ ރީތި / ހިތްގައިމު މަންޒަރުތަކެވެ. އަސްލެކޭ ހީވާހާ ފުރިހަމަަ އެވެ. މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ އައުޓް ޑޯ ގަ އެވެ. ހާއްސަކޮށް ވަލުތެރޭގަ އެވެ. ބޯ ގަސްތަކުގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ ވެސް ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގަ އެވެ. ނަމަވެސް ކޮންމެ މަންޒަރެއް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަ އަށެވެ.

އެކްޓަރުންގެ މޮޅު އެކްޓިންއާ ސްކްރީންޕްލޭގެ ފުރިހަމަ ކަމާއި ތަފާތު ބެކްމިއުޒިކުން ފިލްމަށް ގެނެސްދީފައި ވަނީ ބޮޑު ފުރިހަމަ ކަމެކެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރެއާ ހަމައަށް އޮލިމްޕަހު ގައި ދައްކާނެ އެވެ. ޓިކެޓެއް ނަގައިގެން ފިލްމު ބަލާލަން ވަރަށް ރަނގަޅުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.