"ލޯބީގެ ރޯލްތައް ކުޅޭ ވަރަށްވުރެ ދޮށިވެއްޖެ"

ބޮލީވުޑްގައި ޝާހް ރުކް ޚާނަކީ ލޯބީގެ ރަސްގެފާނަކެވެ. އެހެން ގަބޫލުކުރާ މީހުން ވެސް ގިނަ އެވެ. އޭނާއާ އެއް ފެންވަރުގައި ލޯބީގެ ރޯލުތައް ކުޅެވޭ އެކްޓަރެއް މަދެވެ. އެކްޓަރުން ވެސް ގަބޫލު ކުރަނީ އެހެނެވެ. އެހެން އޮތް ނަމަވެސް ޝާހް ރުކް ގަބޫލުކުރާ ގޮތުގައި ކުރީން ކުޅުނު ކަހަލަ ލޯބީގެ ދިވާނާ ފިލްމުތައް ކުޅޭ ވަރަށް ވުރެ މިހާރު އޭނާ ދޮށިވެއްޖެ އެވެ.

ޝާހް ރުކް ޚާން: ލޯބީގެ ރޯލްތައް ކުޅޭ ވަރަށްވުރެ މާ ދޮށިވެއްޖެ ކަމަށް ބުނޭ

ބޮލީވުޑްގައި ޝާހް ރުކް ޚާނަކީ ލޯބީގެ ރަސްގެފާނަކެވެ. އެހެން ގަބޫލުކުރާ މީހުން ވެސް ގިނަ އެވެ. އޭނާއާ އެއް ފެންވަރުގައި ލޯބީގެ ރޯލުތައް ކުޅެވޭ އެކްޓަރެއް މަދެވެ. އެކްޓަރުން ވެސް ގަބޫލު ކުރަނީ އެހެނެވެ. އެހެން އޮތް ނަމަވެސް ޝާހް ރުކް ގަބޫލުކުރާ ގޮތުގައި ކުރީން ކުޅުނު ކަހަލަ ލޯބީގެ ދިވާނާ ފިލްމުތައް ކުޅޭ ވަރަށް ވުރެ މިހާރު އޭނާ ދޮށިވެއްޖެ އެވެ.

ބޮލީވުޑްގައި ޝާހް ރުކް މަސައްކަތް ކުރާތާ 30 އަހަރު އިއްޔެ ވަނީ ފުރިފަ އެވެ. އެ ދުވަހު ވަނީ އޭނާގެ އާ ފިލްމު "ޕަތާން"ގެ ޕޯސްޓަރެއް ޝެއާ ކޮށް ފޭނުންނާއެކު އިންސްޓަގްރާމް ލައިވް ސެޝަނެއް ފަހަރަށް ބާއްވާފަ އެވެ.

"ރާހޫލް" ގެ ކެރެކްޓާ މަތިން ހަނދާން ނުވޭތޯ އާއި އެފަދަ ކެރެކްޓާއެއް ދެން ކުޅޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން ޝާހްރުކް ބުނީ "ރާހޫލް" ގެ ކެރެކްޓާ ދެން އެހެން ޒުވާން އެކްޓަރަކު ކުޅުން މާ ރަނގަޅުވާނެ ކަމަށެވެ. އެފަދަ ރޮމެންޓިކް ހީރޯ ކެރެކްޓާ ކުޅޭވަރަށް ވުރެ އޭނާ މާ މުސްކުޅިވެއްޖެ ކަމަށާއި މިހާރު އެފަދަ ރޯލްތަކަށް ލަދުގަންނަ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ރޯލެއްގެ މަތިން ހަނދާން ނުނެތޭ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.