ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާއާ އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެެސް ވަނީ އާންމު ކޮށްފަ އެވެ.
ހިޔާ އަވަށުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.
ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި މިއަދު އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ އެވެ. ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައެވެ.
އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އިހްމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ.
ކާރަށް ވެސް ބޮޑެތި ގެއްލުންވެފައި ވެ އެވެ.
ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާއާ އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެެސް ވަނީ އާންމު ކޮށްފަ އެވެ. އެއީ؛
މި މީހުން ހައްޔަރު ކުރީ ކޯޓް އަމުރު ހޯދައިގެންނެވެ.
މިއީ މި ފަހުން ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ. އެކްސިޑެންޓް ގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
އޭނާގެ ހާލަތު ދެރަ ނޫން ކަމަށް އެނގިފައިވެ އެވެ.