ފުލުހުން ދެންމެ ބުނީ ކާރުގައި އިން މީހަކު ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަަަށެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހުޅުމާލެ ހިޔާ އަވަށުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި ހިމެނޭ ކާރުގައި އިން މީހަކު ވެސް ހައްޔަރު ކޮށްފި އެވެ.
އެކްސިޑެންޓް ހިނގީ ހިޔާ އަވަށުގެ ވިނަރެސް ފްލެޓް ކައިރީގަ އެވެ. އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހި އެވެ.
މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓް ގައި ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް މިހާރު ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ފެންނަނީ ސައިކަލެއް ގައި އައި މެދު އުމުރުގެ މީހަކު މަގުގެ އަރިމައްޗެއްގައި މަޑުކޮށްގެންލައިގެން އިންނަ މަންޒަރެވެ. އިރުކޮޅެއްގެ ފަހުން ބާރު ސްޕީޑްގައި ދުއްވާފައި އަންނަ ރަތް ކުލައިގެ ކާރެއް ފެނެ އެވެ. ކާރު އޭރު ވެސް ވަނީ ކޮންޓްރޯލުން ނައްޓާފަ އެވެ.
ކާރުން ޖެހި އެ ފިރިހެން މީހާ ވިއްސައިގެންދެ އެވެ.
އަދި ކާރު ދުއްވަން އިންމީހާ ފިލަނީ އެވެ. ފުލުހުން ބުނީ އެ މީހާ ހޯދާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ދެންމެ ބުނީ ކާރުގައި އިން މީހަކު ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަަަށެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރު ކުރީވެސް ކޯޓް އަމުރެއްގެ ދަށުންނެވެ.