އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީގެ ގައުމީ ޗެމްޕިއަން އަދި ދިވެހި ކުޅިވަރު ތާރީހު ގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓު ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ ދިދަ ހަވާލު ކުރުން

މި އަހަރުގެ އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ ދިދަ ހަވާލުކޮށްފި އެވެ.

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީގެ ގައުމީ ޗެމްޕިއަން އަދި ދިވެހި ކުޅިވަރު ތާރީހު ގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓު ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.

ދީމާ މި ޝަރަފު ހޯދީ ނޭޕާލުގައި އޮތް ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. ރާއްޖޭގައި ޓީޓީ ތަރި ވެގެން ދާނީ އޮލިމްޕިކްސް އަށް ކޮލިފައިވެ ގައުމު ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މީގެ ކުރީން ރާއްޖެ އިން ވާދަކޮށްފައި ވަނީ ކޮލިފައި ނުވާ ގައުމުތަކަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ގައެވެ.

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ ދިދަ ހަވާލު ކުރުން

ދީމާ ވެފައި ވަނީ ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އަށެވެ. އުމުރުން 16 އަހަރުގެ ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް އަަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ވެސް ހޯދާފަ އެވެ.

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ ދިދަ ހަވާލު ކުރުން

މި ދެ އެޓްލީޓުންނަށް މިއަދު ވަނީ ދިދަ ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ގައި އެ އެތުލީޓުންނަށް ދިދަ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.