ކ. ހިންމަފުށީގެ އާ ބަނދަރު ތަރައްގީކޮށް ނިންމާލައިފި

ހިންމަ ފުއްޓަކީ 1،130 މީހުންގެ އާބާދީއެއް އޮންނަ އަދި ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. އަދި ފަތުރުވެރިންގެ މެދުގައި ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ.

ހިންމަފުށީ ބަންދަރު: މި ބަނދަރުގެ ދެވަނަ ފިޔަވައްސެއް ތަރަގީ ކުރީ 30.5 މިލޔަން ރުފިޔާއަށް

ދެވަނަ ފިޔަވައްސެއްގައި ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްކޮށް ނިންމާލައިފި އެވެ. އެ ރަށު ބަނދަރުގެ މަސައްކަތް ނިނމުނީ މިދިއަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަގަކީ 30.5 މިލިއަން ރުފިޔާ އެވެ.

ހިންމަފުށީ ބަނދަރުގެ ބައެއް ކީތައް

  •  19،895 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރި
  •  9،900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރި
  •  251 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލި
  •  15 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލި
  •  311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހި

މިހާރު އޮތް ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ޖެޓީއަކާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ހަރު ކުރުން ވެސް މި މަސައްކަތުގައި ހިމެނެ އެވެ.

ހިންމަ ފުއްޓަކީ 1،130 މީހުންގެ އާބާދީއެއް އޮންނަ އަދި ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. އަދި ފަތުރުވެރިންގެ މެދުގައި ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެމްޓީސީސީން ބުނީ ހިންމަފުށީގައި ކުރިން އޮތް ބަނދަރުގެ ބަދަލުގައި، ދެ ގުނަ ބޮޑު ބަނދަރެއް އެ ރަށަށް ދިޔުމަކީ އެ ރަށުގެ ރައްޔިތުންނަށް އެތައް ލުއި ފަސޭހައަކާއި އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ.

ކޮމެންޓް

1
450
އަލިބޭ
1 year ago

ހިންމަފުށީ ބަނދަރު ހެދުމަކީ ވަރަށް މުހިންމު އަދި ސަރުކާރުން ކޮށްދިން ރަނގަޅު މަސައްކަތެއް. އެކަމަކު ހުރިހާ ކަމަކީ ބަދަރު ހަދައި ދިނުމެއް ނޫން. އަދި ނަރުދަމާއެއްވެސް ނޫން. ބާރަށް ކުރިއަރައި ދާން ވެސް ޖެހޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.