އެސްޓީއޯ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި، މިދިޔަ 17 އަހަރުގެ ރެކޯޑް މިންވަރެއް

ހިންގުމުގެ ހަރަދުތައް ނުހިމަނައި ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ އޮފީސް

އެސްޓީއޯގެ ހިއްސާދާރުންނަށް ފާއިތުވި އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން 80 ރުފިޔާގެ މަގުން ޑިވިޑެންޑު ބެހުމަށް އާންމު ޖަލްސާ އިން ފާސްކޮށްފި އެވެ. މި އަދަދަކީ 17 އަހަރު ތެރޭގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދެވެ.

ސީޕްލޭން ޓާމިނަލް ގައި އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ގައި 80 ރުފިޔާގެ މަގުން ޑިވިޑެންޑު ބެހުމަށް ނިންމީ ވޯޓްގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓް ވޯޓުންނެވެ.

ފާއިތުވި އަހަރު އެސްޓީއޯއަށް 16.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ހިންގުމުގެ ހަރަދުތައް ނުހިމަނައި ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯއިން ކުރިން ކަނޑައެޅި ތާރީހަށްވުރެ ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކުރުމާއި، ކުންފުނީގެ އަހަރީ ޖަލްސާ ބޭއްވުން ލަސްކުރީ، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝިއުރެންސްގެ ހިސާބުތައް ނިންމުން ލަސްވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.