އަރަބި ބަހުން ހުރި ދީނީ ފޮތްތަކެއް ތަރުޖަމާ ކޮށްދޭނެ ބަޔަކު ހޯދަނީ

މިފޮތްތައް ތަރުޖަމާކުރާ ފަރާތަކީ، ދީނީ ވައުޒު ވިދާޅުވުމަށް މިނިސްޓްރީ އިން ހުއްދަ ދީފައިވާ އިލްމުވެރިން ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްވެރީން ބައްދަލްވުމެއް ގައި

އަރަބި ބަހުން ހުރި ދީނީ ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއް ގައި ބުނެފައި ވަނީ މި ބީލަން ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ނުޖެހޭ އަމިއްލަ ފަރުދުންނާއި އިލްމީ މުއައްސަސާތަކަށް ކަމަށެވެ.

އަދި މިފޮތްތައް ތަރުޖަމާކުރާ ފަރާތަކީ، ދީނީ ވައުޒު ވިދާޅުވުމަށް މިނިސްޓްރީ އިން ހުއްދަ ދީފައިވާ އިލްމުވެރިން ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ޝަރީއަތާއި އިސްލާމިކް ސްޓަޑީސް އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ އިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާ ކުރުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމަށެވެ. މިއީ މި ގޮތުން އިއުލާނު ކުރެވޭ އެންމެ ބޮޑު މަޝްރޫއު ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.