ރާއްޖެ ހަމަމަގަށް އެޅުވުމަށް ރައީސް، ކެނޑިނޭޅި ގެންދަވަނީ މަސައްކަތް ކުރައްވަމުން: ނާއިބު

ރައީސްގެ ނާއިބު ވަނީ ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފު

ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލްވުމުގައި ރައީސްގެ ނާއިބު ވަނީ ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާފައި ކަމަށެވެ.

އަދި ތަރައްގީގެ ހުރިހާ ކަމެއް ވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ނާއިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ކައުންސިލުތަކުން ވެސް އަބަދުވެސް ތަރައްގީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެއަށް މިވަގުތު އޮތީ މާލީ ގޮތުން ވަރަށް ދަތި ހާލަތެއް މެދުވެރިވެފަ އެވެ. ބޮޑެތި ލޯނުތައް ނަގާފައި އޮތުމުން ދަރަންޏަށް ދައްކަން ޖެހޭ ފައިސާ އިތުރުވެފައި ވުމާއި ހައްދެއް މިނެއް ނެތި ފައިސާ ޗާޕުކުރުމާއި އާމްދަނީ ލިބޭނެ އިތުރު ކަންކަން ފަހި ކުރެވިފައި ނެތުމާއި ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މިވަގުތު އޮތީ ދެކޮޅު ޖެއްސުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފަ އެވެ.

ސަރުކާރުން ދަނީ އެފަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ދިވެހި ދައުލަތުގެ ފައިސާއިން އިސްރާފުވާ ގޮތަށް ކުރަމުންދިޔަ ކަންކަން މި ސަރުކާރުން ހުއްޓާލުމުން، ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.