ހުރިހާ ދިވެހިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖައްސައިފި

އުމުރުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއެކު މިހާރު ކޮންމެ ދިވެއްސަކަަށްވެސް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އެވެ.

އާސަންދައާ އެންސްޕާ އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އިސްވެރީންގެ ނޫސްވެރީންގެ ބައްދަލްވުން

އާސަންދައިގެ ދަށުން ހުރިހާ ދިވެހިންނަށް ހިލޭ މެޑިކަލް ޗެކަޕު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. 

އާސަންދައިން ސޯޝަލް މީޑިއާގައި މިއަދު ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން 18 އަހަރުން ދަށުގެ އުމުރުފުރާއާއި، 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެޕަކު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. 

އެހެންކަމުން އުމުރުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއެކު މިހާރު ކޮންމެ ދިވެއްސަކަަށްވެސް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އެވެ. 

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވައިލުމާއެކު މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި 1،200 މީހަކު މެޑިކަލް ޗެކަޕް ހަދާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.