ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް މުއިއްޒުގެ އަރިހުން ރާއްޖެއަށް ބޭނުންވެފައި ހުރި ކަންކަން އޮޅުންފިލުއްވުމާއެކު، އެކަންކަން ކުރުމުގައި ޗައިނާއިން ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަފީރުވަނީ ރައީސށް އަރުވާފަ އެވެ.

ޗައިނާގެ ސަފީރު ވަން ލިޒިން އަދި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންކަމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިން ދެއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ރައީސް އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރައްވައި، ލިޒިންވަނީ މިހާރުން މިހާރަށް ރާއްޖެއަށް އެންމެ  ބޮޑަށް ބޭނުންވެފައި ހުރި ކަންކަން އޮޅުންފިލުއްވާފަ އެވެ. 

ރައީސް މުއިއްޒުގެ އަރިހުން ރާއްޖެއަށް ބޭނުންވެފައި ހުރި ކަންކަން އޮޅުންފިލުއްވުމާއެކު، އެކަންކަން ކުރުމުގައި ޗައިނާއިން ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަފީރުވަނީ ރައީސށް އަރުވާފަ އެވެ. 

އޭގެ އިތުރަށް ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގއި ދެ ގައުމުގެ ވެރިން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންނެވި ކަންކަން ތަންފީޒުކުރުން ހަލުއި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ސަފީރުވަނީ ރައީސާ މަޝްވަރާ ކުރައްވާފަ އެވެ. 

ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ގުޅުމުގެ ގާތްކަން ފާހަގަކުރައްވައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއާމެދު ހާއްސަ ގާތްކަމެއް ބަހައްޓަވައި، ރާއްޖެއަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ސަފީރު ފާހަގަކުރެއްވި އެވެ. 

އަދި ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން ރައީސާއި ސަފީރުވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ޗައިނާ އެމްބަސީގެ ވެރިންގެ އިތުރުން ހާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.