އޮންލައިންކޮށް ޖުވާ ކުޅުން، ތަޅުއަޅުވަން ފަށައިފި

އިއްޔެ ފުލުހުންގެ އެދުމުގެ މަތިން ޖުވާ ކުޅުމަށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވަރަށް ގިނަ ވެބްސައިޓުތައް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބްލޮކްކޮށްފައިވާކަން އެ އޮތޯރިޓީން "މިރާ"އަށް ކަށަވަރުކޮށްދީފައިވެ އެވެ.

ޖުވާ ކުޅޭ އެޕްތަކާއި ވެބްސައިޓުތައް ބޭނުންކުރުން އާންމުވެގެންދިޔައިރު ކުރީ ސަރުކާރުން އެެއްވެސް ފިޔަވަޅެއް އަޅާފައިނުވޭ

އޮންލައިންކޮށް ޖުވާ ކުޅުމަށް ބޭނުންކުރާ ވެބްސައިޓުތަކަށް ރާއްޖެއިިން ނުވަދެވޭނެހެން ބްލޮކްކުރަން ސަރުކާރުން ނިންމައި އެކަން ތަންފީޒުކުރަން ފަށައިފި އެވެ. 

އޮންލައިންކޮށް ޖުވާ ކުޅުމަކީ ކޮވިޑް-19ގެ އާލަމީ ވަބާގެ ދުވަސްވަރުން ފެށިގެން ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. ފާއިތުވި ސަރުކާރުގެ ދައުރުގައި އެ މައްސަލާގައި ފިޔަވަޅެއް ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް ދައުރު ނިމިގެންދިޔައީ އެ މައްސަލަ ހައްލުނުވެ އެވެ. 

އިއްޔެ ފުލުހުންގެ އެދުމުގެ މަތިން ޖުވާ ކުޅުމަށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވަރަށް ގިނަ ވެބްސައިޓުތައް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބްލޮކްކޮށްފައިވާކަން އެ އޮތޯރިޓީން "މިރާ"އަށް ކަށަވަރުކޮށްދީފައިވެ އެވެ. 

މިހާތަނަށް އެ އޮތޯރިޓީން ބްލޮކްކުރީ ކޮން ވެބްސައިޓުތަކެއް ނުވަތަ އެޕްލިކޭޝަންތަކެއްކަމާއި ބްލޮކްކުރި ވެބްސައިޓުތަކުގެ އަދަދަކީ ކޮބައިކަން ހާމަކޮށްފައިނުވެ އެވެ. 

އޮންލައިން މަންސަތަކުގެ ޒަރީއާއިން ޖުވާ ކުޅުން އާންމުވެގެންދިޔައިރު އެކަމަށް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ފޭސްބުކާއި އިންސްޓަގްރާމާއި ޓެލެގުރާމު ފަދަ މަންސަތަކުގައި ޖުވާ ކުޅުން އިޝްތިހާރުކުރުންވެސްވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. 

ޖުވާ ކުޅެން ބޭނުންކުރާ ވެބްސައިޓުތައް ބްލޮކްކުރަން ސަރުކާރުން ފަށާފައިވާއިރު، ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިޓުތައް ފާއިތުވި އަހަރު ފަހުކޮޅު ސަރުކާރުންވަނީ ބްލޮކްކޮށްފަ އެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ޝުކުރާއި ތާރީފު ސަރުކާރަށް ލިބުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.