ކުންފުނިތަކުގެ ބޯޑަށް އެކައުންޓިން ޑިރެކްޓަރުން އިއުލާނުކޮށްގެން ނަގަން ނިންމައިފި

ޕީސީބީން ބުނި ގޮތުގައި ބޯޑުތަކުގެ ފައިނޭންސް ޑިރެކްޓަރުން އައްޔަންކުރުމުގެ އުސޫލަށް ގެންނަ ބަދަލާއެކު، ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބަވާނީ މާލީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކަން ކަށަވަރުވާނެ އެވެ.

ޕީސީބީން އެސްއޯއީތަކަށް މެންބަރުން އައްޔަން ކުރަން ބައްދަލުވުމެއްގައި -- ޕީސީބީ

ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ އެކައުންޓިން އެންޑް ފައިނޭންސް ޑިރެކްޓަރުން އިއުލާނުކޮށްގެން ނެގުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ނިންމައިފި އެވެ. 

ޕީސީބީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުންފުނިތަކުގެ ބޯޑުތަކުގެ އޮޑިޓު ކޮމިޓީތައް ހަރުދަނާ ކުރުމުގެ މަސައްކަަތް މިހާރު އެ ބޯޑުން ފަށާފައިވާ ކަމަށެވެ. 

އޮޑިޓު ކޮމިޓީތައް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ބޯޑުގެ އޮޑިޓު ކޮމިޓީގައި ހިމަނަންޖެހޭ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ޑިރެކްޓަރުގެ މަގާމަށް އެކަށީގެންވާ މީހުން ހޯދުމަށް އާންމުކޮށް އިއުލާނުކޮށް ޑިރެކްޓަރުންގެ ޕޫލެއް އެކުލަވައިލަން ޕީސީބީން ނިންމާފައިވެ އެވެ. 

އެފަދައިން ހޯދާ މީހުންނަކީ ކުންފުނީގެ އެތެރޭގެ ކޮންޓުރޯލުތައް/ ހިފަހެއްޓުންތަކާއި ރިސްކު މެނޭޖުމެންޓު ނިޒާމުތައް ހަދަނާކޮށް މާލީ ގޮތުން ފުދުންތެރި ކުންފުނިތަކަށް ހެދުމަށް ކުންފުނީގެ މެނޭޖުމެންޓަށް ދޭންޖެހޭ ރަނގަޅު އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށްވާނެ ކަމުގައި ޕީސީބީން ބުނެ އެވެ. 

ޕީސީބީން ބުނި ގޮތުގައި ބޯޑުތަކުގެ ފައިނޭންސް ޑިރެކްޓަރުން އައްޔަންކުރުމުގެ އުސޫލަށް ގެންނަ ބަދަލާއެކު، ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބަވާނީ މާލީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް)އިން ގަބޫލު ކުރާ ފެންވަރުގެ ފަންނީ މީހުންކަން ކަށަވަރުކުރެވޭނެ އެވެ. 

މިއަދު ޕީސީބީންވަނީ އެ ޕޫލުގައި ހިމެނުމަށް ޝައުގުވެރިވާ މީހުންނަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.