"އަރަބިއްޔާގެ އާ އިމާރާތް ވަރަށް ފުރިހަމަ ވާނެ"

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އަޅަން ފަށާފައި ވަނީ ބާ ޖަމާލުއްދީންގެ ބިމުގައި ޖަމާލުއްދީން ސްކޫލްގެ ބައެއް ތަރައްގީ ކުރާށާއެކު އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން: އަރަބިއްޔާ ސްކޫލް ކުރިއަށްވުރެ މާ ފުރިހަމަވާނެ ކަމަށް ވިދާޅުވި

ބާ ޖަމާލުއްދީނުގެ ބިމުގައި މިހާރު ތަރައްގީ ކުރަން ފަށާފައިވާ އަރަބިއްޔާ ސްކޫލަކީ ކުރިއަށްވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ސްކޫލެއް ކަމަށާއި އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދީފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އަޅަން ފަށާފައި ވަނީ ބާ ޖަމާލުއްދީންގެ ބިމުގައި ޖަމާލުއްދީން ސްކޫލްގެ ބައެއް ތަރައްގީ ކުރާށާއެކު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެ ބިމަކީ އަރަބިއްޔާ ސްކޫލް ކުދިންނަށް އެކަނި ދިން ބިމަކަށްވާއިރު، ޖަމާލުއްދީން ސްކޫލަށް ބިމުގެ ބައެއް ދިނުމުން ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވެފައި ވަނީ އެއްވެސް ހާލަތެއްގައި އަރަބިއްޔާއަށް ދީފައިވާ ބިމުން ޖަމާލުއްދީން ސްކޫލަށް ދިނީ ނޫން ކަމަށެވެ. އެއީ ކުރިން ވެސް އެތަން ހަދަން ރާވާފައިވާ ގޮތް ކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލުގައި ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.

ކުރީގެ އަރަބިއްޔާ ސްކޫލާ އަޅާ ބަލާއިރު މިހާރުގެ އަޅާ ސްކޫލް ވަސީލަތުގެ ގޮތުންނާއި މާހައުލުގެ ގޮތުން ވެސް ފުރިހަމަ ވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. އެތަން ޑިޒައިންކޮށްފައި ވަނީ ތަޖުރިބާކާރު އާކިޓެކްޓުންނާއި ދާއިރާގެ ފަންނީ މީހުންގެ ލަފަޔާ އެކީ ކަމަށެވެ. މިއީ ދުރާލާ ޕްލޭން ކޮށްގެން ދަރިވަރުންނާއި ޓީޗަރުންނާއި ޕޭރެންޓުންނަށް ވެސް ދަތި ނުވާނެހެން ތަރައްގީކުރާ ސްކޫލެއް ކަމަށް މިއުވާން ވިދާޅުވި އެވެ.

ކުރީގެ ސްކޫލާ މިހާރު އަޅާ ސްކޫލުގެ ތަފާތު

  •  ކުރިން 26 ކްލާސްރޫމް، މިހާރު 41 ކްލާސްރޫމް
  •  ޒަމާނީ ފެންވަރުގެ ހޯލެއް
  •  ކުރިން 44 ފާހާނާ، މިހާރު 110 ފާހާނާ
  •  ކުރިން ތިން ލެބް، މިހާރު ހަތަރު ލެބް
  •  އިންޑޯ ގާޑެން ލައިބްރަރީއެއް
  •  އާދައިގެ ލައިބްރަރީއެއް
  •  ކުރިން ދެ ސްޓާފްރޫމް، މިހާރު ހަތަރު ސްޓާފްރޫމް

ވަގުތީ ގޮތުން އެ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެ ސްކޫލްގައި 795 ދަރިވަރުން ތައުލީމުހާސިލްކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.