މިޔަރުގެ މަސްވެރިކަމަށް ހުޅުވާލާކަށް ނޫޅޭ، މަޝްވަރާއެއް ނުކުރޭ: ފިޝަރީޒް

ފިޝަރީޒް މިނިސްޓްރީން ބުނީ މިޔަރު ހިފުމުގެ ހުއްދަ ދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

ފުވައްމުލަކު ޓައިގާ ޝާކް ޕޮއިންޓުގައި މީހަކު މިޔަރުތަކަކާ އެކު ފީނަނީ -- ޕެލަޖިކް ޑައިވާސް ފުވައްމުލައް

މިޔަރުގެ މަސްވެރިކަން ހުއްދަ ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ފިޝަރީޒް އޯޝަން އެންޑް މެރިން ރިސޯސަސް މިނިސްޓްރީން ބުނެފި އެވެ. 

ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން ހިންގާ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ. 

ފިޝަރީޒް މިނިސްޓްރީގެ އިސްވެރިއަކު "މިރާ" އަށް ވިދާޅުވި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ރާއްޖޭން މަސައްކަތް ނުކުރާ ކަމަށާ އެކަމަށް މަޝްވަރާ ވެސް ނުކުރާ ކަމަށެވެ. 

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަ ވެފައިވާ ކަމަށް ބައެއް މަސްވެރިންނާއި ކެޔޮޅުކަމުދާ މީހުން ބުނެ އެވެ. ކެޔޮޅުކަމު ގޮސް އުޅޭ ބައެއް މީހުން ބާނާ މަހުގައި މިޔަރު ހިފައި ކާލުމުގެ ހާދިސާތަކެއް ވަރަށް ގިނައިން ހިނގަ އެވެ. ނަމަވެސް މިއަހަރުގެ އާބާދީ ބޮޑުތަނުން އިތުރުވި ކަމަކަށް އެއްވެސް ދިރާސާ އަކުން  ނުދައްކަ އެވެ. މެރިން ރިސާޗުން އެންމެފަހުން ހެދި ދިރާސާ އިން ވެސް ދައްކަނީ މިޔަރުގެ އާބާދީ ބޮޑު ތަނުން ގިނަވެފައި ނުވާ ކަމަށެވެ. ނަމަވެސް މިޔަރަށް ކާން ދޭތީ އޭގެ ބިހޭވިއާއަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބައެއް މާހިރުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.