ހަފުތާގެ މަސް އަގު: ދެ އަގެއް، އައިސް އަޅާ ބޮޑު މަހަށް ބޮޑު އަގު

މިފްކޯ އިން މަހުގެ އަގަށް ބަދަލު ގެނައީ މަސްވެރިންނަށް 700 މިލިއަން ރުފިޔާ ދިންނަމަވެސް މިފްކޯއަށް ބިލިއަން ރުފިޔާ ގެއްލުންވެ އޮބި ނޯންނަ ވަރުވެގެންނެވެ.

ދޯންޏެއްގައި ބާނާފައި ހުރި މަސްތަކެއް : މި ހަފުތާ މަހުގެ އަގު ވަނީ އާއްމުކޮށްފަ -- މިރާ

ދުނިޔޭގެ ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމާއެކު ކުރިއަށް އޮތް ހަފުތާގައި ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަމުން ދާނެ އަގުތައް އިއުލާނު ކޮށްފި އެވެ. 

ސަރުކާރުގެ މަސް ކުންފުނިން ނެރުނު ހަފުތާގެ މަސް ގަންނަ އަގުތަކުގައިވާ ގޮތުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މަސް ގަންނަމުން ގެންދާނީ 5ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. 

މަސް ގަންނާނެ އަގުތައް

  •  އައިސް އެޅި 1.5 ކިލޯއިން މަތި - 16ރ.
  •  އައިސް ނާޅާ 1.5 ކިލޯއިން މަތި - 14ރ.
  •  އައިސް އެޅި 1.5 ކިލޯއިން ދަށް - 7ރ.
  •  އައިސް ނާޅާ 1.5 ކިލޯއިން ދަށް - 5ރ.

އަގު ބަދަލު ކުރި ސަބަބު - ސަރުކާރުން މަހުގެ އަގު ދަށްކުރީ ނު އަގުގައި މަސް ގަތުމުން ދައުލަތުން މިފްކޯއަށް ފައިސާ ޕަންޕު ކުރަން ޖެހުމުން ދުރުވުމަށެވެ. މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިބާހާ ދިމާކޮށް މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމާއެކު ގަންނަ މަހަށް ފައިސާދޭން ދައުލަތަށް ދަތިވުމެވެ. މި ބަދަލު އޭރުގެ ސަރުކާރުން ގެނައީ އީޔޫއިން މަހުގެ ޑިއުޓީ ކަނޑާލަން އުޅޭ ކަމަށް ބުނެ އެވެ. 

ނަމަވެސް އެކަމުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މި ބަދަލާއެކު ވެރިކަން ބަދަލުވިއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮވެ އެވެ.އެހެންވެ ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ވެސް ސަރުކާރަށް އޮބި އޮންނަ ވަރެއް ނުވި އެވެ. މިއާއެކު ހަތް މަސްތެރޭ ދައުލަތުން ވަނީ ނުއަގުގައި މަސް ގަނެ ސަބްސިޑައިޒްކޮށްގެން 700 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފަ އެވެ. އަދި މިފްކޯ އަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ފޫދިގެން އެ ކުންފުނީގެ ހިސާބުގެ ތެރެ އަށް ވަދެފަ އެވެ. އެހެންވެ އެންމެފަހުން މަސް ގަންނަ އަގު ދުނިޔޭގެ މާރުކޭޓުގެ އަގަށް ފްލޯޓްކޮށްލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.